ފެނަކަ ހިންގުން ވަގުތީ ގޮތުން ހަލީމާއި ހަވާލު ކޮށްފި

ކިޔުމަށް ހޭދަވާނީ 38ސ
ފެނަކަ ހިންގުން ވަގުތީ ގޮތުން ހަލީމާއި ހަވާލު ކޮށްފި
ފެނަކަ ކޯޕަރޭޝަން ހިންގުން ވަގުތީ ގޮތުން އެމްޕީއެލް ގެ ސީއީއޯ އަބްދުއްރައްޒާޤް ހަލީމު އާއި ހަވާލުކުރަން އެކޯޕަރޭޝަންގެ ބޯޑުން ނިންމައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް މިއަދު އައްޔަނު ކުރައްވާފައިވާ އަޙުމަދު ޝަރީފު އެވެ.

އެކޯޕަރޭޝަންގެ އެމްޑީ ކަމުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރަންދެން އެކުންފުނި ހިންގަވާނީ ހަލީމު ކަމަށް ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާއިރު، ހަލީމު ވަނީ މީގެ ކުރިން އެމްޓީސީސީ ގެ ސީއީއޯ ކަމުގެ މަގާމާއި އެމްއާރްޑީސީ ގެ އެމްޑީ ކަމުގެ މަގާމުވެސް އަދާ ކުރައްވާފައެވެ.
މިއަދު އޮންލައިން