ޤާނޫނު އަސާސީ ނަގަހައްޓަން ފަސްޖެހިގެން ހިފަހައްޓައިލެވިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޤާނޫނު އަސާސީ ނަގަހައްޓަން ފަސްޖެހިގެން ހިފަހައްޓައިލެވިދާނެތަ؟
އދ ގެ އިންސާނީ ހައްޤުތަކާއިބެހޭ ޖަމިއްޔާއިން އިއްޔެ ނެރުނު ޤަރާރަކީ ދުނިޔެގެ އެންމެ ގިނަ ޤައުމުތަކުން ބައިވެރިވެގެން މިހައިތަނަށް ރާއްޖެއާއިމެދު ނެރެފައިވާ ޤަރާރެވެ. މިޤަރާރުގައި ވެސް ތަފާތު އިތުރު އެއްވެސް ކަމަކަށް ގޮވާލާފައެއް ނުވެއެވެ.

ޤަރާރުގައި ގޮވާލާފައިވަނީ ޤަނޫނުގެ ބާރު ނެގެހެއްޓުމަށެވެ. މިނިވަން ޝަރުޢީ ނިޒާމަކަށް ފުރުޞަތު ދިނުމަށެވެ. ބަސްބުނުމުގެ މިނިވަންކަން ދިނުމަށެވެ. ކަންބޮޑުވުން ފައުޅުކުރުމުގެ ޙައްޤުތައް ދިނުމަށެވެ.

ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ ސަލާމަތީ ބާރުތަކުން ޖޫޑިޝަރީއަށް ވަދެގަނެ ބާރުގެ ބޭނުންކޮށް އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ހައްޔަރުކުރުމުން ޝަރުޢީ ނިޒާމުގެ ކަންކަން އެތައް ގުނައަކަށް ފަހަތަށް ގޮސްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.





އެއްވެސް ހަމައެއް ލަމައެއް ނެތި މީހުން ހައްޔަރުކުރުމުގެ މައްސަލަވެސް ވަނީ ފާހަގަކޮށްފައެވެ. މީޑިއާތަކަށް ހުރަސް އަޅައި ނޫސްވެރިންނަށް އަނިޔާކުރާކަންވެސް ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއިއެކު މިހާލަތު އިޞްލާޙުކުރަން ސަރުކާރަށް ގޮވައިލެވޭ ގޮވާލުންތަކަށް ބީރު ކަންފަތެއް ސަރުކާރުން ދެމުން ގެންދާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މިކަންކަމަށް ބަލާއިރު މިއީ ހަމަ ކޮންމެ ދުވަހަކު ދިވެހިރައްޔިތުން މަގުތަކަށް ނުކުމެ ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ކަންކަމެވެ.

އެހެންކަމަށްވާއިރު ދިވެހި ރައްޔިތުންނާއި ދުނިޔޭގެ ކަންބޮޑުވުންތައް ބޮލާލައި ޖަހައިގެން ކިހައި ދުވަހަކު ކެތް ކުރެވިދާނެކަން އެއީ ގިނަ ބައަކު ކުރާ އެންެމެ ބޮޑު ސުވާލެވެ.

އދގެ ހިޔުމަން ރައިޓްސް ކައުންސިލުގެ ޤަރާރު:

މިއަދު އޮންލައިން