އެސްޓީއޯ "ރަމަޟާން ބާޒާރު" ފެށިއްޖެ‍ - ހެޔޮ އަގުގައި، ހުރިހާ އެއްޗެއް!

ކިޔުމަށް ހޭދަވާނީ 1މ 33ސ
އެސްޓީއޯ "ރަމަޟާން ބާޒާރު" ފެށިއްޖެ‍ - ހެޔޮ އަގުގައި، ހުރިހާ އެއްޗެއް!
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފަރާތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ބާއްވާ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން މިއަދު ފެށިއްޖެއެވެ.



މިއަދުން ފެށިގެން މެއި މަހުގެ 31 އާއި ހަމައަށް ކުރިއަށްދާ މިޚާއްސަ ޕްރޮމޯޝަންގައި އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓާއި އިލެކްޓްރޯނިކްސް އަދި މާލެއާއި އަތޮޅުތެރޭގެ އެސްޓީއޯގެ އައުޓްލެޓްސްތަކުން ބައްލަވައިގަންނަ މުދާތަކުން ވަރަށް ޚާއްސަ ޑިސްކައުންޓެއް ދުނިމަށްވަނީ ހަމަޖެހިފައެވެ.



ބައްލަވައިގަންނަ ޕްރޮޑަކްޓްތަކުން %7 އާއި %30 އާއި ހަމައަށް ޑިސްކައުންޓް ދެވޭއިރު، ބައެއް ޕްރޮޑަކްޓްތަކާއިއެކު ވަގުތުން ޚާއްސަ އިނާމު ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެންގުޅޭ ޕްރޮޑަކްޓްސް ތަކުގެ ތެރެއިން ބައެއް ޕްރޮޑަކްޓްސްތައް ބައްލަވައިގަތުމުން، ހިލޭ އިނާމުތަކެއް ލިބޭނެ. އޭގެ ތެރޭގަ ހިޓާޗީ ރެފްރިޖެރޭޓަރެއް ބައްލަވައި ގަތުމުން ފިލިޕްސް ވެކިއުމް ކްލީނަރެއް ލިބޭނެ. މީގެއިތުރުން ޓެކްނޯ އުނދުން ނޫނީ އަވަން ގަތީމަވެސް ވަގުތުން ހިލޭ އިނާމުތަކެއް ލިބޭނެ" އެސްޓީއޯ ހޯމްއިމްޕްރޫވްމެންޓުން މައުލޫމާތު ދީފައިވެއެވެ.



މީގެއިތުރުން މިޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވުމާއި މުޅި ޕްރޮމޯޝަންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ އަގުހުރި އިނާމެއް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދީފައިވެއެވެ.



އެސްޓީއޯ ގެ "ރަމަޟާން ބާޒާރު" ޕްރޮމޯޝަންގައި އޭސީ، ރެފްރިޖެރޭޓަރު، ދޮންނަ މެޝިން، ކިޗަން ހޫޑްސް ގެ އިތުރުން އެސްޓީއޯ އިލެކްޓްރޯނިކްސް ގެ ފަރާތުން 24 އިންޗިން ފެށިގެން 75 އިންޗީގެ ޓީވީ އިން ޑިސްކައުންޓް ލިބުން ވެސް ހިމެނެއެވެ.
މިއަދު އޮންލައިން