މި ފަހަރު ހިންގި ޕްރޮގްރާމްގައި 25 ބައިވެރިން ބައިވެރިވިއެވެ. މިޕޮރޮގްރާމްގައި އިންޖީން ބަލަހައްޓާނެ ގޮތް އަދި އާއްމު ކޮށްޖެހޭ މައްސަލަތަކުގެ މަޢުލޫމާތުތައް ބައިވެރިނާއި ޙިއްސާ ކުރެވިގެން ދިޔައެވެ. މީގެ އިތުރުން އިންޖީންގެ ބައެއް ބައިތައް ނެއްޓުން އަދި ސާރވިސް ކުރާނެގޮތުގެ މަޢުލޫމާތު ވެސް ދެވުނެވެ.
މިފަދަ ޕްރޮގްރާމް ތަކަކީ އެމްޓީސީސީ އިން ކޮންމެ އަހަރަކުވެސް ކަސްޓަމަރުން ހޭލުތެރިކުރުވުމުގެ ގޮތުން ރާވާ ހިންގަމުންދާ ޕްރޮގްރާމްތަކެކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ޕްރޮގްރާމް މި ހިންގުނީ ރ.އަތޮޅުގެ ހުރިހާ ރަށްތަކުގެ ސުޒުކީ އިންޖީން ގެންގުޅޭ ފަރާތްތައް ބައިވެރިކޮށްގެން ރ.އުނގޫފާރު ގައެވެ. ރ. އަތޮޅުން މިވަނީ މި ޕޮރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އަކި އަތޮޅުތަކުގައި މި ޕްރޮގްރާމްތައް ހިނގުމަށް ވަނީ ރޭވިފައެވެ.
އެމްޓީސީސީ އަކީ، ދިވެހި ރާއްޖޭގައި ގާޢިމްކުރެވުނު އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުންޏެވެ. އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެެ. އެމްޓީސީސީއިން ދަތުރުފަތުރުގެ ޚިދުމަތާއި، ބަނދަރުހެދުމާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮށްދެ އެވެ.