ބޭއްވުނީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށް ބުނަމުން އދ ގެ ވަފުދު ފުރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ބޭއްވުނީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށް ބުނަމުން އދ ގެ ވަފުދު ފުރައިފި
ރާއްޖޭގައި ހުރި ސިޔާސީ މައްސަލަތަކަށް ޞުލްޙަވެރި ހައްލެއް ހޯދުމަށްޓަކައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ފެށޭނެ ގޮތެއް ހޯދޭތޯ ރާއްޖެ އައި އދ ގެ ވަފުދު އިއްޔެ ހަވީރު ފުރައިފިއެވެ.

ރާއްޖޭގައި ހުރި އދ ގެ މިޝަނުން ބުނެފައިވަނީ ކުރެވުނީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށާއި ވަފުދު އިއްޔެ ހަވީރު ފުރާފައިވާ ކަމަށެވެ. އިތުރު ބަހެއް ބުނެފައެއް ނުވެއެވެ.

ވަފުދުން ވަނީ އިދިކޮޅު ޕާޓީތަކާއި އަދި ސަރުކާރާއި އެކުވެސް މަޝްވަރާކޮށްފައެވެ. ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާއިވެސް މަޝްވަރާކޮށްފައެވެ. ނަމަވެސް ހަމައެކަނި ބައްދަލުވުންތައް ބޭއްވިކަން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އިދިކޮޅު ފަރާތްތަކުން މިހާރުވެސް ބުނަމުން ގެންދަނީ ސަރުކާރާއިއެކު އެއްވެސް މަޝްވަރާއެއް ކުރާނީ ފެބްރުއަރީ 1 ގައި ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ނެރުނު އަމުރު ސަރުކާރުން ތަންފީޒްކުރުމުން ކަށެވެ. ސަރުކާރުން ބުނަމުން ގެންދަނީ އެ އަމުރު މިހާރު ވަނީ ބާޠިލުވެފައިކަމަށާއި އެ އަމުރު ތަންފީޒުކުރަން ނުޖެހޭނެ ކަމަށެވެ. ސަރުކާރުގެ މި ބުނުން އިދިކޮޅު ފަރާތްތަކުން ޤަބޫލެއް ނުކުރެއެވެ.

މިއަދު އޮންލައިން