މިފްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އަދްލީ އިސްމާއިލް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި މިފްކޯއިން ރާއްޖެއަށް ބޭރުކޮށްފައިވަނީ ދަޅުގައި މަސް ބަންދުކޮށްގެންކަމަށާއި އެެހެން ނަމަވެސް މިހާރު ޕެކެޓް ނުވަތަ ޕައުޗުގައި މަސް ބަންދުކޮށްގެން ބޭރު ކުރަން ފަށާފައިވާކަމަށެވެ. އަދްލީ ވިދާޅުވީ ޕައުޗުގައި މަސް ބަންދުކޮށްގެން އަދި ބޭރުކުރަން ފަށާފައިވަނީ އެމެރިކާއަށް ކަމަށާއި އިނގިރޭސި ވިލާތަށް ވެސް ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޕައުޗުގައި މަސް ބަންދުކުރަން ފަށާފައިވަނީ ފެލިވަރު މަސް ފެކްޓަރީގައި ޕައުޗު ބަންދުކުރަން ޚާއްޞަ ވަސީލަތްތަކެއް ޤާއިމްކުރުމަށް ފަހުގައިކަމަށާއި އެ ވަސީލަތްތައް ޤާއިމްކުރުމަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށް އަދްލީ ވިދާޅުވިއެވެ.
އަދްލީ ވިދާޅުވީ މިފްކޯގެ އަމާޒަކީ އެހެނިހެން މާކެޓްތަކަށް ވެސް ޕައުޖު ޕެކެޓް ބޭރުކުރަން ފެށުންކަމަށާއި ރާއްޖެއަށް ވެސް ޕައުޖު ތައާރަފުކުރާނެ ކަމަށެވެ. ޕައުޗު ރާއްޖެއަށް ތައާރަފުކުރާއިރު، ބޮޑަަށް އަމާޒުކުރާނީ ރާއްޖޭގެ ހޮޓާތަކާއި، ރެސްޓޯރަންޓްތަކާއި، ރިސޯޓްތަކަށް ކަމަށް އަދްލީ ވިދާޅުވިއެވެ.
ޕައުޗު ޕެކެޓަކީ ޔޫރަޕާއި ހުޅަނގުގެ ޤައުމުތަކުގެ ސުޕަމާކެޓްތަކުގައި މަޤުބޫލު އެއްޗެކެވެ. އެ ޤައުމުތަކުގައި އުފައްދައި އަދި އެތެރެކުރާ ގިނަ ތަކެތި ބަންދުކޮށްފައި ހުންނާނީ މިފަދަ ޕެކެޓްތަކުގައެވެ.