ރާއްޖޭގަ ކުރި ފުރަތަމަ 3ޑީ ލެޕްރޮސްކޯޕިކް އޮޕަރޭޝަން އޭޑީކޭ ސަން ރައިޒް ތިއޭޓަރުގަ ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ރާއްޖޭގަ ކުރި ފުރަތަމަ 3ޑީ ލެޕްރޮސްކޯޕިކް އޮޕަރޭޝަން އޭޑީކޭ ސަން ރައިޒް ތިއޭޓަރުގަ ކޮށްފި
ރާއްޖޭގައި ކުރި ފުރަތަމަ 3ޑީ ހައި ޑެފިނިޝަން ލެޕްރޮސްކޯޕިކް އޮޕަރޭޝަން އޭޑީކޭ ސަން ރައިޒް ތިއޭޓަރުގައި މިއަދު ކޮށްފިއެވެ.

އެޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވެފައިވަނީ އޮޕަރޭޝަން ކުރީ "ހައި ރިސްކް" ޕޭޝަންޓެއް ކަމަށާއި އޮޕަރޭޝަން ކުރުމަށް 3 ގަޑިއިރު ނެގިކަމަށެވެ.



އޭޑީކޭ ހޮސްޕިޓަލުން ވަނީ ރާއްޖޭގައި މިހާރު ހުރި އެންމެ ޒަމާނީ ޓެކްނޮލޮޖީއާއިއެކު ތަފާތު 6 ތިއޭޓަރެއް ދާދިފަހުން ހުޅުވައިފައެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ މި ތިއޭޓަރުތަކުން ޚިދުމަތް ދެމުން ގެންދާނީ ސަރަހައްދީ ފެންވަރުގައިވެސް ވާދަކޮށްލެވޭވަރުގެ ޒަމާނީ ޓެކްނޮލިޖީ ބޭނުންކޮށްގެން ކަމަށެވެ.

މިއަދު އޮންލައިން