ދެ މަސްފަހުން އަދީބަށް އާއިލާއާއި ބައްދަލު ކުރުމުގެ ފުރުސަތު ސަރުކާރުން ދީފި

ކިޔުމަށް ހޭދަވާނީ 58ސ
ދެ މަސްފަހުން އަދީބަށް އާއިލާއާއި ބައްދަލު ކުރުމުގެ ފުރުސަތު ސަރުކާރުން ދީފި
އާއިލާއާއި ބައްދަލު ނުވާތާ ދެ މަސްފަހުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަށް، އޭނާގެ އާއިލާއާއި ބައްދަލުކުރުމުގެ ފުރުސަތު ދީފިއެވެ.

އާއިލާއާއި ބައްދަލު ކުރުމަށް މިއަދު ފުރުސަތު ދީފައިވާއިރު، އަދީބުގެ ސިއްޙީ ހާލަތު ދަށަށް ގޮސް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭތީއާއި އާއިލާ ބައްދަލުވުމަށް ވެސް ފުރުސަތު ނުދޭކަަމަށް އާއިލާއިން ވަނީ މޯލްޑިވްސް ކަރެކްޝަން ސަރވިސް އަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވަނިކޮށެވެ.

އާއިލީ ބައްދަލުވުމަށް ފުރުސަތު ދީފައިވީނަމަވެސް، އަދީބުގެ ބޭސްފަރުވާގެ ކަންކަމަށް އަދިވެސް އެކަށީގެންވާ ފަރުވާ ނުލިބޭ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ކުރީގެ ނައިބު ރައީސް އަދީބުއަށް ގުލައުކޯމާ ޖެހުމުގެ އިތުރުން އޭނާގެ ލޮލަށް "ކެޓެރެކްޓް" ވެސް ވަނީ ޖެހިފައެވެ. އޭގެ އިތުރުން އެތެރެ ހަށީގައު ސިސްޓެއް ވެސް ވަނީ އުފެދިފައިވުމާއި ކިޑްނީގައި ހިލަވެސް އުފެދިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

މިފަދަ ސިއްޙީ މައްސަލަތަކެއް ހުރ ކަމުގައިވިޔަސް، ސަރުކާރުން ވަނީ ބޭސް ފަރުވާއަށް އަދީބު ބޭރަށް ފޮނުވުމަށް ދެކޮޅު ހަދާފައެވެ. ސަރުކާރުން ބުނެފައިވަނީ އަދީބުއަށް ބޭރަށް ދެވޭނީ އެމްއެމްޕީއާރްސީ އަށް ދައްކަންޖެހޭ ފައިސާތަށް ދެއްކުމަށްފަހު ކަމަށެވެ.
މިއަދު އޮންލައިން