އެސްޓީއޯގެ ޙިއްޞާދާރުންނާ އެސްޓީއޯއިން ބައްދަލުކޮށް ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙާއިމެދު މަޝްވަރާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
އެސްޓީއޯގެ ޙިއްޞާދާރުންނާ އެސްޓީއޯއިން ބައްދަލުކޮށް ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙާއިމެދު މަޝްވަރާކޮށްފި
އެސްޓީއޯގެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙާއި މެދު މަޝްވަރާކުރުމުގެ ގޮތުން އެސްޓީއޯގެ ޙިއްޞާދާރުންނާއެކު އެސްޓީއޯއިން މިއަދު ބައްދަލުކޮށްފިއެވެ.



އެސްޓީއޯ އިން ބުނީ މިބައްދަލުވުން އޮތީ މިއަދު ހަވީރު 1600 އިން 1800 އަށް ހޮޓަލް ޖެންގެ ބޯލް ރޫމްގައި ކަމަަަށާއި މިބައްދަލުވުމުގައި އެސްޓީއޯގެ މައި ޙިއްޞާދާރު، ސަރުކާރުގެ ފަރާތުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ފަރާތުން ބައިވެރިވި ކަމަށެވެ. އަދި މީގެ އިތުރުން ޢާންމު ޙިއްޞާދާރުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙްތަކަށް ހިޔާލު ހުށައަޅާފައި ކަމަށެވެ.



އެސްޓީއޯ އިން ބުނީ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާ އިސްލާޙަށް ކޮމެންޓްކުރުމަށް އެސްޓީއޯއިންވަނީ 18 ފެބްރުއަރީ 2018 ގައިވެސް ފުރުޞަތު ހުޅުވާލާފައި ކަމަށާއި މިއިސްލާޙްތައް ފާސްކުރުމަށް ހަމަޖެހިފައިވަނީ ކުރިއަަށް އޮތް އަހަރީ ޢާންމު ޖަލްސާގައި ކަމަށެވެ.
މިއަދު އޮންލައިން