ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ޑީސަލް ވިއްކާ އަގު ބޮޑުކުރަން އެސްޓީއޯއިން ނިންމައިފިއެވެ.
އެސްޓީއޯ އިން ބުނީ މިގޮތުން މާދަމާ، 03 އޭޕްރީލް 2018 އިން ފެށިގެން ޑީސަލް ލީޓަރަކުން 20 ލާރި ބޮޑުވާނެއެވެ. އެހެންކަމުން މާދަމާ އިން ފެށިގެން ޑީސަލް ލިބެން ހުންނާނީ ލީޓަރެއް 10 ރުފިޔާ 41 ލާރިއަށެވެ.
އެސްޓީއޯ އިން ޑީސަލްގެ އަގު ބަދަލުކުރި ނަމަވެސް، ޕެޓްރޯލްގެ އަގަށް އެއްވެސް ބަދަލެއް ނުގެނެއެވެ. ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދަާނީ 10 ރުފިޔާ 11 ލާރި އަށެވެ.