ހަފްތާއެއް ތެރޭ ސަރުކާރަށް 74 މިލިއަން ރުފިޔާ ދައްކަން އަދީބަށް އަންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހަފްތާއެއް ތެރޭ ސަރުކާރަށް 74 މިލިއަން ރުފިޔާ ދައްކަން އަދީބަށް އަންގައިފި
ހަފްތާއެއް ތެރޭގައި ސަރުކާރަށް 74 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފިނޭންސް މިނިސްޓްރީ އިން އަންގައިފި އެވެ.

74 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އަދީބަށް ފިނޭންސް މިނިސްޓްރީ އިން އަންގައިފި ވަނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ސޮއި ކުރައްވާ ފޮނުއްވި ސިޓީއެއްގަ އެވެ.

އެ ސިޓީގައިވާ ބުނެފައި ވަނީ ނަސަންދުރާ ޕެލެސް ހޮޓަލް ހިންގުމަށް 2010 ވަނަ އަހަރު ގެލަކާސީ އެންޓަޕްރައިޒަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާއެކުވެފައިވާ އެއްބައްވުމުގެ މުއްދަތު އިތުރު ކުރުމުގެ ބަދަލުގައި އެ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. އަދި މުއްދަތު އިތުރު ކުރުމަށް ފީއެއް ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުހޯދާ އެ އެއްބަސްވުމުގައި ލީސް ހޯލްޑް ރައިޓްސް ގަނެފައިވާ އެންޕީއެޗް އިންވެސްޓްމަންޓް އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް އަލުން 50 އަހަރުގެ އެއްބަސްވުމަކަށް ގޮސްފައިވާތީ 74،016000 ރުފިޔާ ދައުލަތަށް ގެއްލުންވެފައިވާ ކަމަށާއި އެކަމަކީ އަދީބު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމެއް ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައިވާ ކަމަށެވެ.

މިފައިސާ ދައްކަން ފިނޭންސް މިނިސްޓްރީ އިން އަދީބަށް އަންގާފައި ވަނީ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ. އަދި މި މުހުލަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.

އަދީބު މިހާޜުވެސް ގެންދަނީ 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންނެވެ.


މިއަދު އޮންލައިން