އަދީބު ދައުލަތަށް ފައިސާއެއް ދައްކަން ޖެހޭ ކަމަކަށް އެއްވެސް ކޯޓަކުން ހުކުމެއް ކޮށްފައެއް ނުވޭ- ވަކީލު

ކިޔުމަށް ހޭދަވާނީ 1މ 3ސ
އަދީބު ދައުލަތަށް ފައިސާއެއް ދައްކަން ޖެހޭ ކަމަކަށް އެއްވެސް ކޯޓަކުން ހުކުމެއް ކޮށްފައެއް ނުވޭ- ވަކީލު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް އެއްވެސް ފައިސާއެއް ދައްކަން ޖެހޭ ކަމަކަށް، އަދި މިހާތަނަށް އެއްވެސް ޝަރުއީ ކޯޓަކުން ހުކުމެއް ކޮށްފައެއް ނުވާ ކަމަށާއި އެހެން ކަމުން ދައުލަތަށް އަދީބު ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތް ކަމަށް، އެމަނިކުފާނުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު ސޮއި ކުރައްވާ، ސަރުކާރަށް 74 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް އަދީބުގެ މައްޗަށް އަމުރުކޮށް ފޮނުވި ސިޓީއާ ގުޅިގެން ވަކީލު ސިރާޖު ވިދާޅުވީ ދައުލަތަށް އަދީބު އެއްވެސް ފައިސާއެއް ދައްކަން ޖެހޭކަމަށް އެއްވެސް ކޯޓަކުން އޭނާގެ މައްޗަށް ހުކުމެއް ކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ވަކީލު ސިރާޖު ވިދާޅުވެފައިވަނީ ހަމައެކަނި އޭސީސީން ނެރުނު ރިޕޯޓަކަށް ބިނާކޮށް ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ދައްކަން އަދީބަށް އެންގުމުގެ ބާރު ފިނޭންސް މިނިސްޓަރަށް ލިބިވަޑައު ނުގަންނަވާ ކަމަށާއި އެކަން ސުޕްރީމް ކޯޓުގެ SC-A/26/2012 ގަޒިއްޔާއިން ސަފުކޮށް އެނގެން އޮންނާނެ ކަމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ފިނޭންސް މިނިސްތަރު އަހުމަދު މުނައްވަރު ސޮއި ކުރައްވާ އަދީބަށް ފޮނުވި ސިޓީގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އަންގާފައިވަނީ ހަތް ދުވަހުގެ ތެރޭގައި 74 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށެވެ.

މިއަދު އޮންލައިން