ސިއްޙަތަށް ހޭލުންތެރި ކުރުމާ ގުޅޭގޮތުން އެޗްޑީސީ އިން އާއިލީ ހަވީރެއް ބާއްވަނީ

ކިޔުމަށް ހޭދަވާނީ 46ސ
ސިއްޙަތަށް ހޭލުންތެރި ކުރުމާ ގުޅޭގޮތުން އެޗްޑީސީ އިން އާއިލީ ހަވީރެއް ބާއްވަނީ
އާންމުން ސިއްޙަތަށް ހޭލުންތެރި ކުރުމާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންނަ ހޮނިހިރު ދުވަހު އާއިލީ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ. މިއާއިލީ ހަވީރަކީ ދުނިޔޭގެ ސިއްޙަތު ދުވަހާއި ގުޅިގެން އެޗްޑީސީ އިން ބޭއްވުމަށް ނިންމި ހަރަކާތެކެވެ.



ހުޅުމާލޭ ގައި ބޭއްވުމަށް ނިންމާފައިވާ މިއާއިލީ ހަވީރުން ސިއްޙީ މައުލޫމާތު ލިބުމުގެ އިތުރުން ހިލޭ ޑޮކްޓަރަށް ދެއްކުމާއި ބައެއް ކުދި ޓެސްޓުތައް ވެސް ކޮށްލެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެގޮތުން ހުޅުމާލޭގައި އަލަށް ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލްގެ ޓީމަކުން އެދުވަހުގެ އެހަރަކާތުގައި ބައިވެރިވާއިރު، ޚައްސަކޮށް ކިޑްނީގެ ބަލިތަކާއި ބެހޭ ޑޮކްޓަރުންނާއި ޑައިޓިޝަނުން ބައިވެރިވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ކުޑަކުދިންނާއި ގުޅޭ ހަރަކާތްތަކަކާއިއެކު މިއާއިލީ ހަވީރު ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ން 18:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކު ގައެވެ.
މިއަދު އޮންލައިން