ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ އަދަދު އަށް އިތުރު ވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 11ސ
ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ އަދަދު  އަށް އިތުރު ވެއްޖެ
މިދުވަސްކޮޅު ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ އަދަދު މިދިޔަ އަހަރަށްވުރެ އިތުރު ވެފައިވާކަމަށް ސްޓެލްކޯ އިން މިއަދު ބުނެފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޑިރެކްޓަރ އިބްރާހިމް ނިޒާމް ވިދާޅުވީ މެޓް މައުލޫމާތުތަކަށް ބަލައި، އަދި ސްޓެލްކޯގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއީ އެންމެ ހޫނު ގަދަ ދުވަސްވރު ކަމަށާއި މިދުވަސްވަރު މިދިޔަ އަހަރާ އަޅާ ބަލާއިރު ކަރަންޓު ބޭނުންކުރާ އަދަދު ގާތްގަނޑަކަށް އިތުރުވެފައިވާ ކަމަށެވެ.



މިދިޔަ އަހަރުގެ މިދުވަސްވަރު 56 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާއިރު މިއަހަރުގެ މިދުވަސްކޮޅު ކަރަންޓު ބޭނުން ކޮށްފައިވާ އަދަދު 58 މެގަވޮޓްއަށް އިތުރު ވެފައިވާ ކަމަށް ސްޓެލްކޯގެ ހިސާބުތަކުން ދައްކައެވެ.

މިދުވަސްކޮޅު ހޫނު ގަދަވިނަމަވެސް، ހޫނު ގަދަވުމުގެ ސަބަުން ކަރަންޓު ކެނޑުން ފަދަ މައްސަލައެއް ކުރިމަތި ނުވާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

މިއަދުގެ އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިޒާމް ވިދާޅުވީ ކަރަންޓޫ ބިލް ބޮޑުވެގެން، ބިލް ދައްކަން އަންނަ މީހުންގެ ޝަކުވާ ލިބޭ ކަމަށާއި އެފަދަ ކަންކަން ބަލަމުންދާ ކަމަށެވެ.

ކަރަންޓު މީޓަރާއިމެދު ޝައްކުވާނަމަ އެކަމަށް ޚާއްސަ ފޯމު ފުރުމަށްފަހު ކަންބޮޑުވުންތައް ހުށަހެޅުމުގެ އިންތިޒާމް ވެސް ގާއިމްކޮށްފައިވާ ކަމަށް ނިޒާމް ވިދާޅުވިއެވެ.
މިއަދު އޮންލައިން