ހަނޑޫ ހަކުރު އަދި ފުށް އެސްޓީއޯ އިން ވިއްކާ އަގު ވަރަށް ބޮޑުތަން ހެޔޮކޮށްފިއެވެ.
މާދަމާއިން ފެށިގެން އެސްޓީއޯ ގުދަނުން ހަކުރު ވިއްކާނީ ކިލޯއެއް 4 ރުފިޔާއަށެވެ. މިހާރު ވިއްކަނީ 80 / 6 އަށެވެ. ހަނޑޫ ވިއްކާނީ ކިލޯއެއް 98 / 3 އަށެވެ. ކުރިން ވިއްކީ 76 / 6 އަށެވެ. ފުށް ވިއްކާނީ ކިލޯއެއް 98 / 2 އަށެވެ. ކުރިން ވިއްކީ 26 / 5 އަށެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ މިއަގުތަކަކީ 16 އޮކްޓޯބަރު 2016 ގައި އަގު ބޮޑުކުރިއިރު ވިއްކަމުން އައި އަގުތަކަށްވުރެވެސް ހެޔޮ އަގުތަކެއް ކަމަށެވެ.
ޝަހީރު ވިދާޅުވީ ކާޑުގެ ބާވަތްތައް ސަރުކާރުން މިއަގުތަކުގައި ވިއްކަނީ ދުވާލަކު 850،000 ރުފިޔާ، އަހަރަކު 300 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ހޭދަކޮށްގެން ކަމަށެވެ.
ޝަހީރު ވިދާޅުވީ 2016 ވަނަ އަހަރު ކާޑުގެ އަގު ބޮޑުކުރުމުން ވަރަށް ގިނަ ބައަކު ޝަކުވާ ކުރި ކަމަށެވެ. އަދި މި ބަދަލު ގެނެވުނީ ރައީސް ޢަބްދުﷲ ޔާމީން މިކަމަށް ބަހައްޓަވާ ޚާއްޞަ ސަމާލުކަމުގެ ސަބަބުން ކަމަށެވެ.
އެސްޓީއޯ އިން މިއަގުތަކަށް ވިއްކި ނަމަވެސް ރާއްޖެތެރޭގައި ވިއްކާނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ޚާއްޞަ އަގުތަކަށް ކަމަށެވެ. އެ ބަދަލު ގެނެވެނީ ނާލަށާއި އެހެންވެސް ބައެއް ކަންކަމަށް އިތުރު ޚަރަދުތައް ކުރަންޖެހޭތީ ކަމަށެވެ.
ގުޅުންހުރި އަޑު: