ޞިއްޙަތު ދުވަސް ފާހަގަކުރަން އެޗްޑީސީން ހަވީރެއް ބާއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޞިއްޙަތު ދުވަސް ފާހަގަކުރަން އެޗްޑީސީން ހަވީރެއް ބާއްވައިފި
ދުނިޔެގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން އެޗްޑީސީން ހުޅުމާލޭގައި ހަވީރެއް ބާއްވައިފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ކުރިއަށް ގެންދިއަ މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ސްކޫލްތަކާއި މަދަނީ ޖަމިއްޔާތަކާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބައިވެރިވުމާއިއެކުގައެވެ.

އެޗްޑީސީން ބުނީމިފަދަ ހަވީރެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ޞިއްޙީ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުވުން ކަމަށާއި ބަލި ޖެހުމުގެ ކުރިން ބަލިން ރައްކައިތެރިވުމުގެ މުހިންމުކަން އަންގައިދިނުން ކަމަށެވެ.

ތަފާތު ހަރަކާތްތަކާއިއެކު ކުރިއަށް ގެންދިއަ މި ހަވީރުގައި 15 ވަރަކަށް ސްޓޯލުން ވަނީ ތަފާތު ހަރަކާތްތައް ހިންގައިފައެވެ. އެޗްޑީސީން ވަނީ މީގެ ކުރިންވެސް މިފަދަ ބައެއް ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
މިއަދު އޮންލައިން