ޣާޒާގެ ހުރިހާ ރައްޔިތުން މަރަން ވެސް ތައްޔާރަށް އޮތްކަމުގެ އިންޒާރު އިޒްރޭލުން ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ޣާޒާގެ ހުރިހާ ރައްޔިތުން މަރަން ވެސް ތައްޔާރަށް އޮތްކަމުގެ އިންޒާރު އިޒްރޭލުން ދީފި
ޣާޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ހުރިހާ ރައްޔިތުން މަރަން ވެސް ތައްޔާރަށް އޮތްކަމުގެ އިންޒާރު އިޒްރޭލުން ދީފި އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އެ ޤައުމުގެ ރޭޑިއޯއަކަށް މައުލޫމާތު ދެމުން ބުނީ ޓެރަރިސްޓެއް ނޫން، ރަނގަޅު އެއްވެސް މީހަކު ޣާޒާގައި ދިރިނުއުޅޭ ކަމަށެވެ. އަދި ޣާޒާގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ހަމާސް އިން މުސާރަދީގެން ގެންގުޅޭ އަޅުންތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.

މީނާ މިގޮތަށް ބުނި ނަމަވެސް ހަމާސް އަކީ މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެންމެ ދަތިހާލުގައި ހަރަކާތްތެރިވަމުންދާ ޖަމިއްޔާއެވެ. އަމިއްލަ އަސާސީ ބޭނުންތައްވެސް ފުއްދުމުގެ މާލީ ޤާބިލުކަން ނެތް ޖަމިއްޔާއެކެވެ.

މީނާގެ މި އިންޒާރަކީ ޣާޒާގެ ހުރިހާ ރައްޔިތުން މަރައި ހުސްކުރާނެކަމަށް ދިން އިންޒާރެއްގެ ގޮތުގައި މީޑިއާތަކުން ގެންދަނީ ހާމަކުރަމުންނެވެ.
މިއަދު އޮންލައިން