މަސްގަންނަ މިންވަރު މިފްކޯއިން އިތުރު ކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
މަސްގަންނަ މިންވަރު މިފްކޯއިން އިތުރު ކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްގަންނަ މިންވަރު އެކުންފުނިން އިތުރު ކޮށްފިއެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެކުންފުންޏަށް ކިރާފައިވަނީ 150 ޓަނުގެ މަސް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 600 ޓަނުގެ މަސް ކިރުވާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

މަސްކިރުވާ އަދަދު ކުއްލިއަކަށް އިތުރުވުމުން މަސް ގަތުމުގެ އިތުރުން އައިސް ފޯރުކޮށްދިނުމުގައި ވެސް އަބަދުވެސް ދަތިތަކެއް ކުރިމަތިވާ ކަމަށް މިފްކޯ އިން ބުނެއެވެ. ނަމަވެސް މަސްކިރުވުމާއި އައިސް ދޫކުރުމުގެ ގާބިލުކަން މިހާރު އިތުރު ކޮށްފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން އައިސްޕްލާންޓްތައް 24 ގަޑިއިރު އޮޕަރޭޓް ކުރާ ގޮތަށް މިފްކޯ އިން މިހާރު ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން އެކުންފުނީގެ ކަލަމިންޖާ 402 ދެކުނަށް ގޮސް މަސް ގަންނަން ފަށާފައިވާ ކަމަށާއި ކޫއްޑޫ އަށް ކެރިއާ ބޯޓެއް ހޯދުމުގެ މަސައްކަތް ވެސް މިފްކޯ އިން ދަނީ ކުރަމުންނެވެ.


މިއަދު އޮންލައިން