ފަރެސްމާތޮޑާއިން މަސްވެރިންނަށް އައިސް ނުލިބޭތާ 3 މަސް ވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ
ފަރެސްމާތޮޑާއިން މަސްވެރިންނަށް އައިސް ނުލިބޭތާ 3 މަސް ވެއްޖެ
ގދ. ފަރެސްމާތޮޑާ ގައި މިފްކޯ އިން ހިންގާ އައިސް ޕްލާންޓައް މައްސަލަ ޖެހިފައި ހުރުމުގެ ސަބަބުން، އެއައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ނިކުބޭތާ މިހާރު ތިންމަސް ވެފައިވާތީ، އެރަށު މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިފްކޯ އިން އެރަށުގައި ހަދާފައި ހުރި 25 ތަނުގެ އައިސްޕްލާންޓާއި 10 ޓަނުގެ އައިސް ޕްލާންޓުން އެންމެ ފަހުން އައިސް ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިދުވަސްވަރު ދެކުނުގެ އަތޮޅުތަކަށް އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅުވުމުން، އައިސް ލިބިމުގެ ދަތިތަކަކާއި މަސްވެރިންނަށް ވަނީ ކުރިމަތިވެފައެވެ.

ފަރެސްމާތޮޑާގެ މަސްވެރިއެއް ބުނިގޮތުގައި އެރަށުން އައިސް ނުލިބުމަކީ މަސްވެރިންނަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެކެވެ. އަދި އެކަމުގެ ސަަބަބުން އައިސް ހޯދަން ދިގު ދަތުރުތަކެއް ކުރަންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ކަނޑުމަހުގެ މަސްވެރިކަން އެންމެ ގިނައިން ކުރާ އެއްރަށް ކަމަށްވާ ފަރެސްމާތޮޑާގައި 12 މަސްދޯނި އޮވެއެވެ.

މިފްކޯއިން ކުރިން ބުނެފައިވަނީ، އައިސް ޕްލާންޓުތައް މަރާމާތު ކުރުމަށާއި ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މިއަދު އޮންލައިން