އޭޑީކޭ އިން ދޫކުރާ ޓޮކަން ނަންބަރު އޮންލައިންކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސައިފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
އޭޑީކޭ އިން ދޫކުރާ ޓޮކަން ނަންބަރު އޮންލައިންކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސައިފި
އޭޑީކޭ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ހަދާ މެމޯގައިވާ ޓޯކަން ނަންބަރު އޮންލައިންކޮށް ބެލޭނެ އިންތިޒާމް އެހޮސްޕިޓަލުން ހަމަޖައްސައިފިއެވެ.

އެހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ޓޯކަން ނަމްބަރު އޭޑީކޭ ހޮސްޕިޓަލުގެ ވެބްސައިޓު www.adkhospital.com އިން ބެލޭނެ ކަމަށެވެ. އަދި "ކިޔުބީ"އެޕްލިކޭޝަން މެދުވެރިކޮށް ވެސް ޓޯކަން ނަންބަރު ބެލޭނެ ގޮތް ހަދާފައިވާނެ ކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ.



އެހޮސްޕިޓަލުންވަނީ މީގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ވެސް ޓޯކަން ނަންބަރު ބެލޭނެ ގޮތް ހަދައިފައެެވެ.

މާލޭގައި ހިންގާ އެންމެ ޒަމާންވީ އަމިއްލަ ހޮސްޕިޓަލް ކަމުގައިވާ އޭޑީކޭ ހޮސްޕިޓަލުން މިހާރު އެންމެ ޒަމާނީ ފެންވަރުގެ ބޭސް ފަރުވާ ހުރެއެވެ. އެގޮތުން އެހޮސްޕިޓަލުގައި ދާދި ފަހުން ވަނީ ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ކެތު ލެބަކާއި ބައިޕާސް އޮޕަރޭޝަން ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައެވެ.


މިއަދު އޮންލައިން