އެސްޓީއޯ ސުޕަރމާޓުން އިން ރަމަޟާން މަހަށް ޙާއްސަކޮށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ރަމަޟާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ސުޕަރމާޓުގައި މިއަދު ފަށައިފިއެވެ.
އެސްޓީއޯ އިން ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ތަފާތު ގިނަ އިނާމްތަކަކާއިއެކު ރަމަޟާން ބާޒާރު ކުރިއަށްދާނެެ ކަމަށެވެ.
ކަސްޓަމަރުން އެސްޓީއޯ ސުޕަރމާޓުން ކުރައްވަވާ -/300 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާ، މިޕްރޮމޯޝަންގެ އެންމެ ޚާއްސަ އިނާމަކީ 3 ފަރާތަކަށް ލިބޭ 1 އަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯ ސުޕަރމާޓުން ވިޔަފާރިކޮށްލެވޭ ވައުޗަރެކެވެ.
މީގެ އިތުރުން، ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރި ކަސްޓަމަރަކަށް، އެސްޓީއޯ ސުޕަރމާޓުންް ރާއްޖެއަށް އެތެރެކޮށް މާރކެޓް ކުރަމުންދާ ބްރޭންޑުތަކުން ހަދިޔާ ކޭސް ލިބިގެންދާނެވެ. އަދި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު، މިޕްރޮމޯޝަންގެ ތެރެއިން ރޯދަމަހަށް ހާއްސަހަދިޔާ ތަކަކާއި އެކު، ކަރައެއް ނަސީބުވެރި ކަސްޓަމަރަކަށް ލިބިގެންދާނެއެވެ. އެގޮތުން ކޮންމެ ދުވަހަކަށް ހާއްސަ ކުރެވިފައިވާ ހަދިޔާ ކޮންމެ ހަފްތާއަކުވެސް ބަދަލުވެގެންދާނެއެވެ.
މިޕްރޮމޯޝަންގައި ރަމަޟާންމަހަށް ބޭނުންތެރި ކާބޯތަކެތީގެ އިތުރުން ތަފާތު ވައްތަރުގެ ޕްލާސްޓިކް އަދި ބިއްލޫރި ތަށީގެ އިތުރުން ގިނަ އަދަދެއްގެ ބަދިގެ ސާމާނު ލިބިގެންދާނެއެވެ. އެގޮތުން ތަފާތު ވައްތަރުގެ ޕްލާސްޓިކް ކޮންޓެއިނަރ، ތަށި އަދި ބޯތަށި، ބާސްކެޓް، ޑިސްޕޯސަޕަލް ތަށި އަދި ކެއްކުމަށް ބޭނުންކުރައްވާ އެތައްސާމާނެއް އެސްޓީއޯ ސުޕަރމާޓް ރަމަޒާން ބާޒާރުން ހެޔޮއަގުގައި ލިބިގެންދާނެއެވެ.