3 ދަރިންގެ ކުރިމަތީގައި އެކުދިންގެ މަންމަގެ ބޮލުގައި މަރުތޭލައަކުން ތަޅާ މަރާލުމަށްފަހު އެކަން ކުރެވުނީ ވަގު ލޯބިވެރިއަކު ގެންގުޅޭތީ ރުޅި ކޮންޓްރޯލް ނުކުރެވިގެން ކަމަށް، އެއަންހެން މީހާގެ ފިރިމީހާ ބުނެފިއެވެ.
13،14،15 އަަހަރުގެ 3 ދަރިން ގޮސް އަވަށްޓެރިންގެ އެހީއަށް އެދުމުން އަވަށްޓެރިން އައިސް އަންހެން މީހާ ހޮސްޕިޓަލަށް ގެންދިއުމުން ބުނީ ބޮލަށް ލިބިފައިވާ އަނިޔާތަކުން މަރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ ފިރިމީހާ ރުޅިގަދަވީ އަނބިމީހާ ހިލޭ ފިރިހެނަކާއިއެކު ލޯބީގެ ގުޅުން ބާއްވާ ކަމަށް ޝައްކު ކުރެވިގެން ކަމަށް ތަޙްޤީޤްގައި ބުނެފައިވާ ކަމަށެވެ.
3 ކުދިން ބުނީ މަންމައާއި ބައްޕަ ޒުވާބު ކުރުމަކީ ޢާންމު ކަމެއް ކަމަށާއި މިއަދަކީ ޒުވާބު ގަދަވީ ދުވަހެއް ކަމަށެވެ. މިހާދިސާ މިއަދު ހިނގާފައިވަނީ އިންޑިއާގެ ވެރި ރަށް ދިއްލީގެ އަވަށެއް ކަމަށްވާ މަންގޮލްޕޫރީ ގައެވެ.