އިމްތިހާނުން ފާސްވާން ބޭނުންނަމަ "ކަމެއް ކޮށްދީ"‍ ލެކްޗަަރަރ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އިމްތިހާނުން ފާސްވާން ބޭނުންނަމަ "ކަމެއް ކޮށްދީ"‍ ލެކްޗަަރަރ
އިމްތިހާނުން ފާސްވާން ބޭނުން ނަމަ އެކުގައި ނިދަން އަންނަން ޔުނިވަރސިޓީގެ ލެކްޗަރަރއަކު ބުނާ އޯޑިއޯއެއް ހާމަވުމުން ތައުލީމީ ނިޒާމަށް އަންނަމުން މިދަނީ ކޮންކަހަލަ ބަދަލުތަކެއްކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ. ސޯޝަލް މީޑިއާގައި ސުވާލުތައް ކުރަމުންނެވެ.

މި އޯޑިއޯ ހާމަކުރީ ނައިޖީރިއާގެ ޔުނިވަރސިޓީއެއްގައި ކިޔަވާ ދަރިވަރެކެވެ. ދަރިވަރު ބުނެފައިވަނީ އެކަމަށް ދެކޮޅު ހެދުމުން އިމްތިހާނުން އޭނާވަނީ ފޭލްކޮށްލާފައި ކަމަށެވެ.

މިކަން ހިނގައިގެން އުޅެނީ ނައިޖީރިިއާގައި ނަަމަވެސް ނައިޖީރިއާ ނޫން ބައެއް ޤައުމުތަކުގައިވެސް މިމައްސަލަ ވަނީ މައްސަލައެއްގެ ގޮތުގައި ނަގައިފައެވެެ. މިކަމާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ދަނީ ބޮޑެތި ބަހުސްތައް ކުރަމުންނެވެ.

ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް މިފަދަ ކަންކަން ދަނީ ހިނގަމުން ކަމަށައި އެއީ ޢާންމު ކަމަކަށްވުމުން އެފަދަ ކަންކަމުގެ ވާހަކަތައް ދައްކާ ބައަކު ނުއުޅެނީ ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބައަކު ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން