އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 46.6 މިލިއަން ރުފިޔާގެ ފައިދާއެއް

ކިޔުމަށް ހޭދަވާނީ 48ސ
އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 46.6 މިލިއަން ރުފިޔާގެ ފައިދާއެއް
ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) އަަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 46.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯއިން މިއަދު އާންމުކުރި އެ ކުންފުނީގެ މަލީ ހިސާބުތައް ދައްކާ ގޮތުގައި ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. މިދިޔަ އަހަރުގައި ފުރަތަމަ ކުއާޓަރުގެ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 2.02 ބިލިއަން ރުފިޔާއެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފުރަަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 46.6 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 44.4 މިލިއަން ރުފިޔާއެވެ.

އެސްޓީއޯއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިޔަފާރިކުރުމަށް 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށާއި ވިޔަފާރީގެ ފައިދާއިން ޓެކްސްގެ ގޮތުގައި ފުރަތަމަ ކުއާޓަރުގައި 10.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވާ ކަމަށެވެ.

ފުރަަތަމަ ކުއާޓަރުގައި އެސްޓީއޯގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި ޖެހިފައިވަނީ 41.37 ރުފިޔާއެވެ.


މިއަދު އޮންލައިން