ފަރުކޮއި ޕްރޮގްރާމް - ބައެއް ދަރިވަރުން އެންމެ އަގު ބޮޑު ރިޒޯޓުތަކަށް - އެހެން ކުދިން ރަސްފަންނަށް.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ފަރުކޮއި ޕްރޮގްރާމް - ބައެއް ދަރިވަރުން އެންމެ އަގު ބޮޑު ރިޒޯޓުތަކަށް - އެހެން ކުދިން ރަސްފަންނަށް.
"ފަރުކޮޅު މާމިލި ދައިތަ"ގެ ވާހަކަ ފަދައިން މިހާރު އެންމެ ަމަޝްހޫރު އެއް ވާހަކައަކީ ފަރުކޮއި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެންމެ އަގުބޮޑު ރިޒޯޓުތަކަށް ބައެއް ކުދިން ގޮވައިގެން ދަތުރުކުރާ ވާހަކައެވެ.

ކޮންމެ ދަރިވަރަކީވެސް ހަމަ އަގު ބޮޑު ރިޒޯޓްތަކަށް ދާން ބޭނުންވާނެ ކުދިންނެވެ. ބަލައިލަން ބޭނުންވާނެ ކުދިންނެވެ. އަގުބޮޑު ރިޒޯޓުތަކަށް ދެވޭ ކުދިން އެވާހަކަ ނުދެވޭ ކުދިންނަށް ކިޔައިދިނުމުން ކުރެވޭނެ އިތުރު ކަމެއް ނެތް ނަމަވެސް ހަމަ ގައިމުވެސް ދެރަވާނެތާއެވެ!

ކޮންމެއަކަސް އެކަންވެސް މިދަނީ ކުރަމުންނެވެ. މިހާރުވެސް މަޝްހޫރު ބައެއް ރިޒޯޓުތަކަށް ދަތުރު ހިނގައްޖެއެވެ.

"އަހަރެމެން މީ ދެރަ ޓީޗަރުން. އަހަރެމެން ގާތު ބުނަނީ ރަސްފަންނު ސަރަހައްދުން މާރީތިކޮށް ފަރު ފެންނާނޭ. ދެން މާރީތިކޮށް ރަސްފަންނު ސަރަހައްދުން ފަރު ފެންނައިރު ފަރު ދައްކަން ކުދިން ގޮވައިގެން ރިޒޯޓުތަކަށް ދަނީ ކީއްކުރަންބާ؟" ބައެއް ޓީޗަރުން ބުނެއެވެ.

ހަމަ ކޮންމެ ކަމަކުން ވެސް މިފެންނަނީ މިބާވަތުގެ ތަފާތުކުރުންތަކެވެ. އިންސާފެވެ މިކިޔާ އެއްޗެއް ނޫނީ ހަމަހަމަ ކަމެއް ދެން މިހާރު ހަމަ އެއްވެސް ކަމަކުން ނުފެންނަނީ ކަމަށް މީހުން މިބުނަނީ ހަމަ ސަބަބުތަކެއް ހުރުމުންނެވެ.
މިއަދު އޮންލައިން