ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯއިން އެތެރެކޮށް ވިއްކަމުންދާ ބިހުގެ މުއްދަތު ހަމައެއް ނުވޭ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯއިން އެތެރެކޮށް ވިއްކަމުންދާ ބިހުގެ މުއްދަތު ހަމައެއް ނުވޭ!
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހުގައި ޢާއްމު ރައްޔިތުންނަށް ހެޔޮ އަގުގައި ފިޔާ، ބިސް، އަދި އަލުވި ފޯރުކޮށްދިނުމަށްޓަކައި އެބާވަތްތައް ރާއްޖެ އެތެރެކޮށް އެސްޓީއޯ އިން ދަނީ ވިއްކަމުންނެވެ.

މިގޮތުން އެސްޓީއޯއިން މިއަހަރު ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބިހަކީ މިނިސްޓްރީ އޮފް ހެލްތް އިން 2017 ނޮވެމްބަރ 13 ވަނަ ދުވަހު ޢާއްމުކޮށްފައިވާ އިއުލާން ނަންބަރ(IUL)182/FCD/2017/18އާއި އެއްގޮތަށް އެތެރެ ކުރެވިފައިވާ ބިހެެވެ. އެއިއުލާންގައިވާ ގޮތުން 2018 ޖަނަވަރީ 15 އިން ފެށިގެން ރާއްޖެ އެތެރެކުރާ ބިސް، ޓްރީމަންޓެއް ނުދީ، ފިނިނުކޮށް، އިމްޕޯޓްކޮށް ވިއްކަން ބަހައްޓަންވާނީ ކުކުޅުބިސް އުފެއްދި ތާރީޚުން ފެށިގެން އެންމެގިނަވެގެން 28 ދުވަހުގެ މުއްދަތަށެވެ. މިދެންނެވި 28 ދުވަހުގެ ތެރެއިން ބިސް އެތެރެކޮށް ގުދަންކުރުމަށް 7 ދުވަސް ނަގާނެއެވެ. ބާކީ އޮންނަ 21 ދުވަހަކީ ބިސް ވިއްކުމަށް ބަހައްޓަންލިބޭ ދުވަސްތަކެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނިން އެތެރެކުރާ އެންމެހާ ކާބޯތަކެތި ގެނެވެނީ މިނިސްޓްރީ އޮފް ހެލްތް އާއި އެމް.އެފް.ޑީ.އޭ ގެ ޤަވާއިދުތަކުގެ ދަށުން ކަމުގައިއާއިމުއްދަތު ހަމަވާން ކައިރިވެފައިހުރި ނުވަތަ މުއްދަތު ހަމަވެފައި ހުރި ތަކެތި އެސްޓީއޯ އިން އެތެރެ ކޮށް ނުވިއްކާނެ ކަމުގެ ޔަގީންކަން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދޭ ކަމަށެވެ. ނަމަވެސް މިކަމާގުޅިގެން މީސް މީޑިއާއާއި އެކި މީޑިއާތަކުގައި ޞައްޙަނޫން މަޢުލޫމާތު ފަތުރަމުންދާތީ އެސްޓީއޯ އިން ހިތާމަކުރާކަމަށެވެ.

މކަންކަން ހާަމަކޮށްފައިވަނީ އެސްޓީއޯގެ ހިދުމަތް ލިބިގަންނަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި އެކުންފުނިން މިއަދު ޢާންމުކުރި ބަޔާނެއްގައެވެ.

މިއަދު އޮންލައިން