ބެލެނިވެރިންގެ ދުވަހު ބޭއްވި ކުޅިވަރަކަށް ގިނަބައެއްގެ ފާޑުކިޔުން

ކިޔުމަށް ހޭދަވާނީ 1މ 2ސ
ބެލެނިވެރިންގެ ދުވަހު ބޭއްވި ކުޅިވަރަކަށް ގިނަބައެއްގެ ފާޑުކިޔުން
ބެލެނިވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްކޫލެއްގައި ބޭއްވި ކުޅިވަރަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއްގައި މިކުޅިވަރު ދައްކުވައިދެނީ އަންހެނުންތަކަކާއި ފިރިހެނުންތަކެއް ޖޯޑު ޖޯޑަށް ޓީމް ބަހައިގެން ކުޅޭ ކުޅިވަރެއްގެ ގޮތުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ ސްކޫލަކުން އިންތިޒާމްކޮށްގެން ބެލެނިވެރިންނަށް (ދެމަފިރިންނަށް) ޚާއްސަކޮށްގެން އުފެއްދި ކުޅިވަރެކެވެ. މިކުޅިވަރުގައި ދެމަފިރިންގެ ދެމެދަށް ފުއްޕާހަމެއްލާފައި ހުރިއިރު، ޖެހެނީ ދެމަފިރިން އެއްކޮށް ފިއްތާލައިގެން އެފުއްޕާހަން ފަޅާލާށެވެ.

މިފަދަ ކުޅިވަރަކީ، ދެމަފިރިން ބައިވެރިކޮށްގެން ކުޅުން ކަމުގައިވިޔަސް މުޖުތަމައުއާއި ގުޅޭ އަދި ވަކިން ޚާއްސަކޮށް ކުޑަކުދިންގެ ކުރިމަތީގައި ކުޅެން ރަނގަޅު ކުޅުވަރެއް ނޫން ކަމުގައި ގިނަ މީހުން ދެކި، އެކަމަށް ފާޑުކިޔާފައިވެއެވެ.


"މިއީ ދެމަފިރިން އެކަހެރިތާކު ތިބެ، ކުޅެން ރަނގަޅު ގޭމެއް. އެކަމަކު އާންމުންނަށާއި ކުޑަކުދިންނަށް ފެންނަ ގޮތަށް މިކަހަލަ ކުޅިވަރު ކުޅުން ރަނގަޅެއް ނޫން" އެކަކު ކޮމެންޓު ކޮށްފައިވެއެވެ.

މިކަހަލަ ކުޅިވަރު ކުޅުމުން އެދެވެނީ ވަރަށް ނޭދެވޭ މެސެޖެއް ކަމަށާއި އެއިރުން ކުދަކުދިންނަށް ވެސް އެދަސްކޮށްދެވެނީ ވަރަށް ނުރަނގަޅު ފިލާވަޅެއް ކަމުގައި ގިނަމީހުން ވެސް ޤަބޫލުކޮށް، ފާޑުކިޔާފައިވެއެވެ.
މިއަދު އޮންލައިން