ޤާސިމް- ދިވެހި ކުޑަކުދިންގެ ބޮޑު "ބައްޕަ"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޤާސިމް- ދިވެހި ކުޑަކުދިންގެ ބޮޑު "ބައްޕަ"
ކުޑަކުދިންގެ ދުވަހެއް ފާހަގަކުރި ނަމަވެސް ބޮޑެތި މީހުންގެ ދުވަހެއް ފާހަގަކުރިނަމަވެސް ބޮޑު "ބައްޕަ"ގެ މަތިން ހަނދާންކޮށްލުމަކީ އެންމެ ރަނގަޅު ކަމެވެ.

އިއްޔެ ފާހަގަކުރީ ކުޑަކުދިންެގ ދުވަހެވެ. ރާއްޖޭގެ މުޅި މާޒީއަށް ބެލި ނަމަވެސް އެމީހަކު އަމިއްލަ އަތުން ކުރި މަސައްކަތުން ހޯދި ފައިސާއިން ކުޑަކުދިންނަށްވެސް އަދި ބޮޑެތި މީހުންނަށްވެސް އެންމެ ބޮޑު ހޭދައެއް އެންމެ ދީލަތިކަމާއިއެކު ކުރައްވާފައިވަނީ ބޮޑު "ބައްޕަ" ވިލާ ފައުންޑޭޝަނުގެ ބާނީ ޤާސިމް އިބްރާހީމް އެވެ.



އާސަންދަ އާއި ބާސަންދަ އުފައްދައި މިއަދު ދައުލަތުގެ ފައިސާއިން ޞިއްޙީ ޚިދުމަތަށް ހޭދަކުރި ނަމަވެސް އެފަދަ އެއްވެސް ޚިދުމަތެއް ރާއްޖެއިން ނެތް ޒަމާނުގައި 35 އަހަރެއްހައި ދުވަހު ޤާސިމް އިބްރާހީމް ވަނީ ދިވެހި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް އެހީތެރިވެދެއްވައިފައެވެ. އަދި މިހާރު އެގެންދަވަނީ ކޮށްދެއްވެން އޮތް ކަމެއް ކޮށްދެއްވަމުންނެވެ.



ރާއްޖެއިން ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތް އެތައް ހާސް ބައަކަށް ޤާސިމް އިބްރާހީމް ވަނީ އެހީތެރިވެދެއްވައިފައެވެ. އެތައް ހާސް ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ވަނީ ޤްރްބާންވެވަޑައިގެންފައެވެ.

ތަފާތު ނަންތައް ކިޔާ ޖަމިއްޔާތައް އުފެދި މިހާރު ޚިދުމަތްކުރި ނަމަވެސް އެދުވަސްވަރު އެފަދަ އެއްވެސް ޖަމިއްޔާއެއް ނުފެނެއެވެ. ނެތެވެ.
ނަމަވެސް ޤާސިމް އިބްރާހީމް އަށްވުރެ މާބޮޑެތި މަހުޖަނުން އެއިރުވެސް ތިބިއެވެ. މިހާރުވެސް އެބަތިއްބެވެ.



ސިޔާސީ ފިކުރު ތަފާތުވުމުން ކޮންމެ ކަމެއް ކަޅުކުލައިން ފެންނަ ބައަކު ތިބޭނެއެވެ. ނަމަވެސް މި ހަޤީޤަތްތައް ބަދަލެއް ނުކުރެވޭނެއެވެ.



ފޮރުވައި ފަހެއްވެސް ނުއެޅޭނެއެވެ. ވީމާ މުޅި ޤައުމުގައި ކުޑަކުދިންގެ ދުވަހެއް ފާހަގަކުރާއިރު ޤާސިމް އިބްރާހީމް ފަދަ އިޚްލާޞްތެރި ޚިދުމަތްތެރިންގެ މަތިން ހަނދާންކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ފެނެއެވެ.
މިއަދު އޮންލައިން