ރަމަޟާންމަހު އެސްޓީއޯގެ ފިހާރަތަކުން ޚިދުމަތްދޭ ގަދިތައް ޢާންމުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރަމަޟާންމަހު އެސްޓީއޯގެ ފިހާރަތަކުން ޚިދުމަތްދޭ ގަދިތައް ޢާންމުކޮށްފި
މި ރަމަޟާންމަހު އެސްޓީއޯގެ ފިހާރަތަކުން ޚިދުމަތްދޭ ގަދިތައް އެސްޓީއޯއިން ޢާންމުކޮށްފިއެވެ.

ރަމަޟާން މަހު އެސްޓީއޯ ސްޕަމާޓުން ޚިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކު (ހޮނިހިރުން ބުރާސްފައްޗަށް) ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ. ނަމާދުވަގުތަށް 15 މިނިޓް ބަންދުވާނެއެވެ.

ރަމަޟާން މަހު އެސްޓީއޯ ހޯލްސޭލް ސެންޓަރުން ބިލްހަދައި މުދާ ދޫކުރާނީ ހުކުރު ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކު (ހޮނިހިރުން ބުރާސްފައްޗަށް) ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 4:30 އަށެވެ. މުދާ ފޮނުވައިދޭނީ ރޭގަނޑު 8:30 އިން 1:30 އަށެވެ. ނަމާދުވަގުތަށް 15 މިނިޓް ބަންދުވާނެއެވެ.

ރަމަޟާން މަހު އެސްޓީއޯ ހޯމް އިމްރޫވްމަންޓް އަދި އިލެކްޓްރޯނިކްސް އިން ޚިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކު (ހޮނިހިރުން ބުރާސްފައްޗަށް) ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 3:30 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ. ނަމާދުވަގުތަށް 30 މިނިޓް ބަންދުވާނެއެވެ.

ރަމަޟާން މަހު އެސްޓީއޯ ސަރވިސް ސެންޓަރުން ޚިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކު (ހޮނިހިރުން ބުރާސްފައްޗަށް) ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 15:30 އަށެވެ. ނަމާދުވަގުތަށް 30 މިނިޓް ބަންދުވާނެއެވެ.
މިއަދު އޮންލައިން