މާލޭގެ ގ. އަބާސާ ކިޔާ ގެއެއްގެ ކޮޓަރީގައި މިރޭ ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ނިއްވާލައިފިއެވެ.
ްމިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 19:13 ހާއިރުއެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ 19:44 ހާއިރުއެވެ.
އަލިފާނުގެ މިހާދިސާގެ ސަބަބުން ރޯވި ކޮޓަރިވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.