އަނެއްކާ ވެސް ވްލޮގަރ އެއް ރާއްޖޭގައި. އަދި ކޮށްފައިވަނީ ތައުރީފު!

ކިޔުމަށް ހޭދަވާނީ 1މ
އަނެއްކާ ވެސް ވްލޮގަރ އެއް ރާއްޖޭގައި. އަދި ކޮށްފައިވަނީ ތައުރީފު!
އިޒްރެއިލު- ފަލަސްތީނުގެ ވްލޮގަރ އެއް ކަމަށްވާ ނުސެއިރު ޔާސިން (ނަސް) ރާއްޖެއަށް ކުރި ދަތުރުގެ ކޮޅިގަނޑު އަދި ރަނގަޅަށް ނުފިލައެވެ. މިއަދު ޚަބަރު ލިބުނީ އެފަދަ އެހެން ވްލޮގަރ އެއް ރާއްޖެއައިސް އުޅޭކަމުގެ ޚަބަރެވެ.

އެރިޒޯނާ ގެ ރައްޔިތެއް ކަމަށްވާ ޑްރޫ ބިންސްކީ އަކީ ވެސް އެކި ޤައުމުތަކަށް ޒިޔާރަތް ކުރަމުން، ޓްރެވެލް ވީޑިއޯ ހަދާ ޒުވާނެކެވެ. ޑްރޫ ބުނިގޮތުގައި އޭނާގެ މަޤުސަދަކީ ދުނިޔޭގެ ހުރިހާ ޤައުމަކަށް ވެސް ޒިޔާރަތް ކުރުމެވެ.

އެގޮތުން ރާއްޖެއާއި ބެހޭ ގޮތުން އޭނާ ހެދި ފުރަތަމަ ވީޑިއޯ އޭނާ ވަނީ އިއްޔެ އާންމު ކޮށްފައެވެ. އެވީޑިއޯގައި ރާއްޖޭގެ ރީތިކަމާއި ރައްކާތެރި ކަމަށް ޑްރޫ ވަނީ ސަނާ ކިޔާފައެވެ. އަދި މިވަގުތު އޭނާ ހުރީ މާފުށީގެ ހެސްޓްހައުސް އެއްގައި ކަމަށް ވެސް ބުންޏެވެ.

ނަސް ރާއްޖެއަށް ކުރި ދަތުރު ނިންމާލަމުން، އޭނާ އާއި "އެކްސް" ހެދި ވީޑިއޯ އެއްގެ ސަބަބުން ގިނަ ދިވެހިން ވަނީ އެދެމީހުންނަށް ވެސް ވަރަށް ފާޑު ކިޔާފައެވެ.

ޑްރޫ ރާއްޖެއާއި މެދު އެންމެ ފަހު ވީޑިއޯ އެއްގެ ގޮތުގައި ނޭދެވޭ ވާހަކަތަކެއް ނުގެނެސްދޭނެ ކަމަށް ދިވެހިން އުންމީދު ކުރެއެވެ
މިއަދު އޮންލައިން