މިއީ ކޮންކަމެއްބާ؟ މިހެން ހަދާކަށް ނުވާނެއްނު!

ކިޔުމަށް ހޭދަވާނީ 1މ 5ސ
މިއީ ކޮންކަމެއްބާ؟ މިހެން ހަދާކަށް ނުވާނެއްނު!
ސޯޝަލް މީޑިއާއަކީ ކޮންމެ ދުވަހަކުވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު އެކިއެކި ވީޑިއޯ ފެންނަ އާދަޔާ ޚިލާފު ޕްލެތްފޯމެކެވެ.

ހިތްދަތި ކުރުވާ ވީޑިއޯ ތަކާއި، ހެއްވާ މަޖާ ވީޑިއޯ ވެސް ފެނެވެ. މައުލޫމާތު މުއްސަނދި ކުރުވާ ވީޑިއޯތައް ވެސް ފެންނަވަރު މަދެއް ނޫނެވެ.

ތަފާތު ވީޑިއޯތައް ޕޯސްޓު ކުރުމުގައި އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެވެސް އެންމެ ފިޔަވަޅެއް ވެސް ފަހަތަކު ނުވެއެވެ.

އެގޮތުން މިއީ އިއްޔެ ސޯޝަލް މީޑިއާގައި ހަލުވި ކަމާއިއެކު ދައުރުވަމުން ދިޔަ، ބައެއް މީހުންގެ ހިތްތަކަށް ކޮންމެވެސް ވަރަކަށް ބިރުވެތިކަން ވެސް ގެނުވި ވީޑިއޯއެކެވެ.

ވީޑިއޯއިން ފެންނަނީ ޒުވާން އަންހެނަކު، މަގުގައި ޕާކު ކޮށްފަހުރި ސައިކަލެއްގެ ބިއްލޫރިގަނޑު ބިންދާލާ މަންޒަރެވެ.

އެއީ ކާކުކަމެއް، އަދި އޭނާ އެކަމެއް ކުރީ ކީއްވެކަމެއް ނޭނގެއެވެ. ހަމަ ޔަގީނުންވެސް އެނގޭ އެކައްޗަކީ، މީހެއްގެ އަގުބޮޑު މުދަލެއް އޭނާ ހަލާކު ކޮށްލައިފިކަމެވެ.

ވީޑިއޯގެ ކެޕްޝަންގައި، އެއަންހެން މީހާއަކީ "މީހުންގެ ސައިކަލު ހަލާކު ކުރާ މީހެއް" ކަމުގައި ބުނި ނަމަވެސް ވީޑިއޯ ގެ ކޮމެންޓުތަކުގައި ބައެއް މީހުން ބުނެފައިވަނީ އޭނާ އެކަން ކުރީ، އޭނާއަށް ވެސް ދެރައެއް ދީފައިހުރި މީހަކަށް ގެއްލުމެއް ދިނުމުގެ ގޮތުން ބަދަލަށް ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

މިއަދު އޮންލައިން