ހިލަވެއްޔާއި ހިލަ ބާލާނެ ބަނދަރެއް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކ. ގުޅިފަޅުގައި ހަދަން ނިންމައިފިއެވެ.
އެކުންފުނީގެ އިސްއޮފިޝަލަކު މިއަދު ވިދާޅުވެފައިވަނީ ހިލައާއި ހިލަވެލި ބާލަން މަގަތު ފާލަމެއްގެ އިތުރުން އެތަކެތި ރައްކާކުރާނެ ގުދަނެއް ހެދުމަށް ވެސް އެސްޓީއޯ އިން ނިންމާފައިވާ ކަމަށެވެ.
"މިއީ ތެކުގެ ސްޓޯރޭޖް ފެސިލިޓީ އިތުރު ކުރުމަށްފަހު އެސްޓީއޯ އިން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓު. މިމަސައްކަތް މިއަހަރުގެ ތެރޭގައި ފަށަން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ" އޮފިޝަލް ވިދާޅުވިއެވެ.
މީގެއިތުރުން އެއޮފިޝަލް ވިދާޅުވީ ހިލައާއި ހިލަވެލި ބާލަން ހަދާ މަގަތު ފާލަމަސް 25،000 ޓަނާއި 30،000 ޓަނުގެ ބޯޓު ފަހަރަށް ކައިރި ކުރެވޭނެ ކަމަށާއި އެފާލަމާއި ހިލަވެލި ރައްކާކުރާނެ ގުދަނެއް ހެދުމަށް 250،000 އަކަފޫޓުގެ ބިމެއް ގުޅިފަޅުން ލިބިފައިވާ ކަމަށެވެ.