މިކަމާ ގުޅޭގޮތުން ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ކާރުޚާނާ ހުޅުވާދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު އާއި ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު އެވެ.
މިޚަފްލާ ޝަރަފުވެރި ކޮށްދެއްވީ ވެސް ހައުސިން މިނިސްޓަރ އެވެ.
ޚަފްލާގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ އެމްޑީ ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަކީ އެސްޓީއޯ އާއި ޒަމާނުއްސުރެ ވަރަށް ގުޅުން ހުރި އިންޑަސްޓްރީ އެއް ކަމަށެވެ.
"އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެ ދުރު ވިސްނުންފުޅާއެކު އެސްޓީއޯ އިން މިވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ގައި ވެސް ވަރަށް ބޮޑުތަން ކުރިއަށް ޖެހިފަ" ޝަހީރު ވިދާޅުވިއެވެ.
މީގެއިތުރުން މިރޭ ހުޅުވުނު ޕަވަރމިކްސް ކާރުޚާނާއަކީ މުޅި ރާއްޖޭގައި ހުރި އެންމެ ކެޕޭސިޓީ ހައި ކާރުޚާނާ ކަމަށެވެ.