މިރޭ ނޭޝަނަލް އާޓް ގެލެރީގައި މިކަމާއި ގުޅިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކީމް ތަޢާރަފް ކޮށްދެއްވީ މިޚަފްލާގެ ޝަރަފުވެރި މެހެމާން އަދި އެސްޓީއޯ ގެ ޗެއާމަން ޙުސެއިން ޞާލިޙް މުޙައްމަދު އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަތީގައި ގާއިމް ކުރެވޭ މިހައުސިން ސްކީމްއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ މިއީ ނުހަނު ގިނަ ގޮންޖެހުންތަކަކާއި އެސްޓީއޯގެ ބުރަ މަސައްކަތާއެކު ތަޢާރަފް ކުރެވުނު މަޝްރޫޢުއެއް ކަމަށެޗެ.
މިސްކީމް ގެ ދަށުން އެސްޓީއޯގެ މުވައްޒަފުންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ވެސް ޝަހީރު ވިދާޅުވިއެވެ.
"މިހައުސިން ސްކީމަކީ އަޅުގަނޑުމެންގެ ސްޓާފުން ބޭނުންވާ ކަހަލަ ސްޓާފުންނަށް އެފޯޑް ކުރެވޭ ކަހަލަ ހައުސިން ސްކީމަކަށް ވެގެން ދާނެ" އެސްޓީއޯ ގެ އެމްޑީ ވިދާޅުވެފައިވެއެވެ.