އިންޑިޔާގެ "ޒީދަސް ވެލްނެސް" ކުންފުނީގެ އުފެއްދުމެއް ކަމަށްވާ "ޝުގާރފްރީ" ބްރޭންޑްގެ ހަކުރަކީ އިންޑިޔާގެ ގިނައަދަދެއްގެ އާންމުންގެއިތުރުންގެސްޓްހައުސްތަކުގައާއި، ރިޒޯޓް، ރެސްޓޯރެންޓް، ހޮޓާ، ކެފޭ އަދި ބޭކަރީތަކުގައިވެސް ބޭނުންކުރަމުން ގެންދާ މަގުބޫލު ހަކުރެކެވެ. ވޯލްޑް ހެލްތް އޮގަނައިޒޭޝަނުން ހުއްދަލިބިގެން ވިއްކާ މިބްރޭންޑަކީ އިންޑިޔާގެ 94 އިންސައްތައިގެ މާކެޓް ހިއްސާ އޮންނަ ބްރޭންޑެކެވެ.
އެސްޓީއޯ އިން މަޢުލޫމާތުދޭ ގޮތުގައި ޝުގާރފްރީގެ 3 ބާވަތެއްގެ 9 އުފެއްދުމެއް ވަނީ ބާޒާރައް ނެރެފައެވެ. މީގެތެރޭގައި ހިމެނެނީ:
1- ޝުގާރފްރީ ގޯލްޑް: ޝުގާރފްރީ ގޯލްޑަކީ ހަކުރުގެ ބަދަލުގައި ބޭނުންކުރެވޭ އާޓިފިޝަލް ސުވީޓްނާ ބޭނުންކޮށްގެން އުފައްދާފައިވާ ހަކުރެކެވެ. މިވައްތަރަކީ ހަކުރު ބޭނުންކުރައްވާ މިންވަރަށް ބައްލަވާ ދުޅަހެޔޮ ސިއްހަތެއްގައި ތިއްބެވުމަށް މަސައްކަތްކުރައްވާ ފަރާތްތަކަށް ހާއްސަ އަދި އާދައިގެ ހަކުރުގައި ހުންނަ މިންވަރަށްވުރެ ކުޑަކޮށް ކެލޮރީސް ހުންނަ ހަކުރެކެވެ. މިގޮތުން ޝުގާރފްރީ ގޯލްޑްގައިއެކުލެވޭނީއާދައިގެ ހަކުރުގައި އެކުލެވޭ ކެލޮރީސްގެ 2 އިންސައްތައެވެ. މިހަކުރު ބޭނުންކުރަން އެންމެ ރަނގަޅީ ސައި، ކޮފީ އަދި ޖޫސް ފަދަ ބުއިންތަކާއި އެކުގައެވެ.ޝުގަފްރީ ގޯލްޑްގެ ހަކުރުގެ 50 އަދި 100ގުޅައިގެ ޕެކިންގެއިތުރުން 100 އަދި 300 ގުޅަ ހިމެނޭ ޕެކިން ވެސް ލިބިވަޑައިގަންނަވާނެއެވެ.
2- ޝުގާރފްރީ ނެޗުރަލް: ސުކޮލޯސްއިން އުފައްދައިފައިވާ ޝުގާރފްރީ ނެޗުރަލް އަކީ އެއްވެސް ވަރަކަށް ކެލޮރީ ނުހިމެނޭ ހަކުރެކެވެ. މިއީ ޑައިބެޓިކް ބޭފުޅުންގެ އިތުރުންދުޅަހެޔޮ އަދި ސިއްހަތަކަށް ބައްލަވައިގެން ފަރީއްކުޅުވާ ބޭފުޅުންނަށް ހާއްސަ، ކެއްކުމަށްވެސް ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާހަކުރެކެވެ.ޝުގާރފްރީ ނެޗުރަލްގެ 50 އަދި 100 ގުޅައިގެ ޕެކިންގެެއިތުރުން 100 އަދި 300 ގުޅަ ހިމެނޭ ޕެކިން ވެސް ލިބިވަޑައިގަންނަވާނެއެވެ.
3- ޝުގާރފްރީ ގްރީން: ޝުގާރފްރީ ގްރީން އަކީ 0 ގުދުރަތީ ސްޓެވިއާ ފަތުން އުފައްދައިފައިވާ އެއްވެސް މިންވަރަކަށް ކެލޮރީސްހިމެނިގެންނުވާހަކުރުގެ ބާވަތެކެވެ. މިއީ ޑައިބެޓިކް ބޭފުޅުންގެ އިތުރުންއެކިއުމުރުފުރާއިގެ ބޭފުޅުންނަށްވެސް ބޭނުންކުރެވޭނެ ހަކުރެކެވެ. ޝުގާރ ފްރީ ގްރީންގެ ލިބިވަޑައިގަންނަވާނީ ގުޅަ ހިމެނޭ ޕެކިން ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތުދެއެވެ.
މިފަދަ ރަނގަޅު، ސިއްހަތައް ފައިދާހުރި ބްރޭންޑުތައް ރާއްޖެއެތެރެކޮށް ހެޔޮ އަގުގައި ރަތްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯ ސުޕަރމާޓްގެ މަޤުސަދެކެވެ. މިގޮތުން މިހާރުވެސް އެސްޓީއޯ ސުޕަރމާޓް، އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރ، އެސްޓީއޯ އެކްސްޕްރެސް (ފުޑްކޯޓް) އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ އިތުރުން، އެސްޓީއޯ ފާމަސީތަކުން ލިބިވަޑައިގަންނަވާ ޝުގާރފްރީ ހަކުރަކީ މިވަގުތު ބާޒާރުގައި ހުރި އެންމެ މޮޅު އަދި އެންމެ އަގުހެޔޮ ހަކުރުގެ ބްރޭންޑްތަކުގެ ތެރޭގައި އެންމެ މަތީގައި ގުނާލެވޭނެ ބްރޭންޑެއް ކަމުގައި ވެސް އެސްޓީއޯ އިން މައުލޫމާތު ދެއްވައެވެ.