ރާއްޖޭގެ ފުރަތަމަ ހިތުގެ ބައިޕާސް ސާޖަރީ އެ.ޑީ.ކޭ ގައި ކޮއްފި

ކިޔުމަށް ހޭދަވާނީ 57ސ
ރާއްޖޭގެ ފުރަތަމަ ހިތުގެ ބައިޕާސް ސާޖަރީ އެ.ޑީ.ކޭ ގައި ކޮއްފި
ޖުލައިގައި ޙުކުމް ތަންފީޒު ކުރެވުނު ގައިދީއެއް އޮގަސްޓް 7 ވަނަދުވަހުގައި އެންޖީއޮގްރާމް ހެދުމަށް އެ.ޑީ.ކޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރެެއްވުމަށްފަހު އިއްޔެ ހިތުގެ ބައިޕާސް އޮޕަރޭޝަން ކޮށްފި އެވެ.

އިއްޔެ ހެނދުނު އެންޖީއޯގްރާމް ހެދުމަށްފަހު އެ ގައިދީއަށް ފަރުވާދެއްވަމުން ގެންދަވާ ހިތުގެ ޚާއްސަ ޑޮކްޓަރު ލަފާދެއްވީ ހިތުގެ ބައިފާސް ސާޖަރީއެއް ހެދުމަށެވެ. އެންޖީއޯގްރާމް ހެދުމަށްފަހު އެ ޤައިދީ ވަނީ އައިސީއޫގައި އެޑުމިޓް ކޮށްފައި އެވެ. އަދި އޮޕަރޭޝަން ކޮއްފައިވަނީ އިއްޔެ އިރު އޮއްސުނު ވަގުތުގައި އެވެ.

މިއަދު އެ އޮޕަރޭޝަން އާބެހޭގޮތުން މައުލޫމާތު ދެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައި އެވެ.

އޯޕަން ހާޓް ބައިޕާސް ސާޖަރީއަކީ އަދި މިހާތަނަށްރާއްޖޭގައި ކޮއްފައިވާ އޮޕަރޭޝަނެއް ނޫނެވެ. ވީމާ އެ އޮޕަރޭޝަން ވެގެންދިޔައީ ރާއްޖޭގެ އެންމެ ފުރަތަމަ ބައިޕާސް އޮޕަރޭޝަނަކަށެވެ.
ހިތުގެ ބައިޕާސް އޮޕަރޭޝަން އަކީ ހަށިގަންޑުގެ ބޮޑުބައެއް ކަފައިލައިގެން ކުރާ ބޮޑު އޮޕަރޭޝަން އެކެވެ.

އޮޕަރޭޝަން ކުރެވުނު ގައިދީ އަކީ މަސްތުވާތަކެރިގެ މައްސަލައިގައި ތިން އަހަރުގެ ޖަލުހުކުމެއް ކޮށްފައިވާ 54 އަހަރުގެ މީހެކެވެ.
މިއަދު އޮންލައިން