އަފްޢާލް މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖޭގައި ކުރި ފުރަތަމަ ކާޑިއެކް ބައިޕާސް އޮޕަރޭޝަން ކުރި އެ ހޮސްޕިޓަލުގެ ޤާބިލު ޓީމަށް މަރުޙަބާ ވިދާޅުވެ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ޓީމްތަކުން ގެންދަނީ ރާއްޖޭގައި ވަރަށް ބޮޑެތި އޮޕަރޭޝަންތައް ކޮށް ރެކޯޑް ހަދަމުންނެވެ. އެގޮތުން މީހެއްގެ ސިކުނޑިން ވަނީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭފަދަ ބޮޑު ޓިޔުމަރެއްވެސް ނަގައިފައެވެ. އަދި މީހެއްގެ މައި ބަދައާއި ގުޅިފައިވާ ބޮޑެތި ޓިޔުމަރުތަކެއްވެސް ވަނީ ނަގައިފައެވެ.
މިއީ ރާއްޖޭގައި ފާހަގަކުރެވިގެންދާ ބޮޑެތި އޮޕަރޭޝަންތަކެވެ. މާތްﷲ ވާގިފުޅާއިއެކު މި އޮޕަރޭޝަންތައް ކުރުމުގައި އޭޑީކޭ ހޮސްޕިޓަލުގެ ޓީމްތަކުން ވަނީ ކާމިޔާބު ހޯދާފައެވެ.
އޭޑީކޭ ގްރޫޕުގެ ޗެއަރމަން އަހްމަދު ނާޝިދު ވިދާޅުވެފައިވަނީ ސަރަހައްދީ ފެންވަރުގައި އެ ހޮސްޕިޓަލަކީ ކުރިއަރާފައިވާ ހޮސްޕިޓަލަކަށް ހައްދަވާނެ ކަމަށެވެ. އަދި މިހާރުވެސް އޭޑީކޭ ހޮސްޕިޓަލުގައި ހުރި ބައެއް ޒަމާނީ ވަސީލަތްތަކަކީ ސަރަހައްދުގައި ބޮޑެތި ކަމަށް ފާހަގަކުރާ ބައެއް ހޮސްޕިޓަލުތަކުގައި ލިބެން ނެތް ވަސީލަތްތައް ކަމަށެވެ.
The team that made history. Words are not enough to thank and acknowledge these amazing people whose hard work will be written in gold. Congratulations team and well done. The first cardiac bypass surgery in Maldives