އެސް.ޖޭ ކެމް އަކީ ދުނިޔޭގެ އެކްޝަން ކެމެރާގެ މާކެޓްގައި އެންމެކުރިއަރާފައިވާ އެއްބްރޭންޑްއެވެ. އެސް.ޖޭ ކެމް އަކީ ދަތުރު ގޮސް އުޅޭއިރު އަދި ކުޅިވަރު ކުޅޭ ވަގުތުގައި ފޮޓޯނަގަން ބޭނުންކޮއްލަން ހާއްސަ ކެމެރާއެކެވެ. މި ކެމެރާ ވޯޓަރޕްރޫފް ކޮށްވެސް ބޭނުންކޮއްލެވޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ 8 އޮގަސްޓް 2018 އިން 8 ސެޕްޓެމްބަރ 2018 ގެ ނިއަލަށް އެސްޓީއޯ އިލެކްޓްރޯނިކްސް ފިހާރައިގައެވެ.
މިޕްރޮމޯޝަންގައި އެސް.ޓީ.އޯ އިލެކްޓްރޯނިކްސް އިން ބައްލަވައި ގަންނަ ކޮންމެ އެސް.ޖޭ ކެމް އަކަށް %20 އާ ހަމައަށް ޑިސްކިއުންޓް ލިބިވަޑައިގަންނަވާނެއެވެ.މީގެ އިތުރުން ބައްލަވައި ގަންނަވާ ކޮންމެ އެސް.ޖޭ ކެމް އަކާއެކު ހިލޭ ސެލްފީ ސްޓިކް އަދި ވޯޓަރޕްރޫފް ކޭސްއެއް ލިބިވަޑައި ގަންނަވާނެއެވެ.
މިޕްރޮމޯޝަންގައި އިންސްޓަގްރާމް ބޭނުން ކުރައްވާފަރާތްތަކަށް ފޮޓޯ ކޮންޓެސްޓެއް ކުރިއަށްދާނެއެވެ. މި ކޮންޓެސްޓްގައި އެސް.ޓީ.އޯ އިލެކްޓްރޯނިކްސް ޝޯރޫމް އަށް ވަޑައިގެން އެސް.ޖޭ ކެމް ފްރޭމްއާއެއްކޮށް ފޮޓޯނަންގަވާ އިންސްޓަގްރާމް އަށް އަޕްލޯޑްކުރައްވައިގެން އެންމެ ގިނަ ލައިކްސް ލިބިވަޑައިގަންނަވާ ފަރާތަކަށް އެސް.ޖޭ އެކްޝަން ވައިފައި ކެމެރާއެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ފޭސްބުކްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އެންޑް އިލެކްޓްރޯނިކްސް ޕޭޖް ގައި އެސް.ޖޭ ކެމްގެ ޝެއަރ އެންޑް ވިން ކޮންޓެސްޓްއެއްވެސް ކުރިއަށްދާނެއެވެ. ޕޯސްޓަރ ޝެއަރ ކޮށްގެން ގުރުއަތުން ހޮވޭފަރާތަކަށް އެސް.ޖޭ6 ލެޖެންޑް ކެމެރާއެށް ލިބިވަޑައިގަންނަވާނެއެވެ.
އެސްޖޭކެމްއަކީ އެސްޓީއޯއިން މިއަހަރު ފެބްރުއަރީމަހު ހުޅުވި އިލެކްޓްރޯނިކްސް ޝޯރޫމްއަށް އަލަށް ތަޢާރަފްކުރެވުނު ބްރޭންޑްއެކެވެ.