މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި އެސްޓީއޯގެ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހުޅުވި ވަގުތީ ޕެޓްރޯލް ޝެޑުގައި ހަތަރު ޑިސްޕެންސަރު ބަހައްޓައިފި އެވެ.
ސައިކަލަށް ޕެޓްރޯލް އެޅުމަށް ޚާއްސަކޮށްގެން ހުޅުވި ވަގުތީ ޕެޓްރޯލް ޝެޑުން މީގެ ކުރިން ޚިދުމަތް ދެމުން ދިޔައީ ބައުޒަރެއް ބާއްވައިގެންނެވެ.
ވަގުތީ ޕެޓްރޯލް ޝެޑުން ކުރިން އެއްފަހަރާ ޚިދުމަތް ދެވެނީ ދެ ސައިކަލަށެވެ. ނަމަވެސް، މިހާރު އެތަނުން އެއްފަހަރާ ހަތަރު ސައިކަލަށް ޕެޓްރޯލް އެޅޭނެ އެވެ
ވަގުތީ ޕެޓްރޯލް ޝެޑުގެ އިތުރުން މާލޭގައި މިހާރު ޚިދުމަތް ދެނީ ފަތާ ޓްރެކް ސަރަހައްދާއި، ކާނިވާ ސަރަހައްދުގެ އިތުރުން އައިޖީއެމްއެޗް ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑުންނެވެ.