އެސްޓީއޯ ހުޅުމާލޭ ޕަވަރމިކްސް ޕްލާންޓްގެ ޚިދުމަތް ބާރަށް ކުރިއަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެސްޓީއޯ ހުޅުމާލޭ ޕަވަރމިކްސް ޕްލާންޓްގެ ޚިދުމަތް ބާރަށް ކުރިއަށް
އެސްޓީއޯ އިން ހުޅުމާލޭގައި ހުޅުވި ހުޅުމާލޭ ޕަވަރމިކްސް ޕްލާންޓްގެ ޚިދުމަތް ބާރަށް ކުރިއަށް ގެންދާ ކަމަށާއި ހުޅުމާލޭގައި ހިންގާ މަޝްރޫއުތަކަށް މިހާރުވެސް ޕަވަރމިކްސް ސަޕްލައި ކުރަމުން ގެންދާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

ހުޅުޅުމާލޭގައި ތަރައްޤީ ކުރާ އެންމެ މަތީފެންވަރުގެ އިމާރާތްތަކަށްވެސް މިހާރު ވަނީ ސަޕްލައިކޮށްދޭން ފަށާފައެވެ. އެގޮތުން "ދަ ގާޑްންސް" ގެ ނަމުގައި ޖާހް އިންވެސްޓްމަންޓް އިން ތަރައްޤީ ކުރާ އިމާރާތަކަށްވެސް ގެންދަނީ ސަޕްލައި ކުރަމުންނެވެ.



މިއިމާރާތަކީ 20،000 އަކަފޫޓުގެ ބިމެއްގައި 34 ސްވިމިންޕޫލާއިއެކު ތަރައްޤީކުރާ އިމާރާތެކެވެ. އިމާރާތުގައި 200،000 އަކަފޫޓު އިމާރާތްކުރެވޭނެއިރު މި މަޝްރޫއަށް އެކަނިވެސް ވަރަށް ގިނަ އަދަދެއްގެ ކޮންކްރީޓް މިކްސް ބޭނުންކުރެވޭނެއެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ވެސް ގެންދަނީ ގިނަ އިމާރާތްތަކެއް ތަރައްޤީ ކުރަމުންނެވެ. ދާދިފަހުން ސަރުކާރުން ވަނީ މިފަދަ އިމާރާތްތައް ތަރައްޤީކުރުމަށް އެކަނިވެސް 20،000 އަކަފޫޓުގެ 20 ބިން ދޫކޮށްފައެވެ.


މިއަދު އޮންލައިން