ކެފޭ ތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ގޮވާލައި، އަފްއާލް ޕެޓިޝަނެއް ހުޅުވާލައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކެފޭ ތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ގޮވާލައި،  އަފްއާލް ޕެޓިޝަނެއް ހުޅުވާލައްވައިފި
ކެފޭ ތަކާއި ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ގޮވާލައި، ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރ އަދި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އޮންލައިންކޮށް ޕެޓިޝަނެއް ހުޅުވާލައްވައިފި އެވެ.

ޕެޓިޝަނުގައި ބުނެފައިވަނީ ރާއްޖޭގެ 81 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލި ބަލިތަކުގަ އެވެ. މީގެ ތެރެއިން ވެސް ގިނަ މީހުންނަށް އެކަން މެދުވެރިވެފައި ވަނީ "ސެކަންޑް ހޭންޑް ސްމޯކް" ނުވަތަ އެހެން މީހުން ބޭނުން ކުރާ ދުންފަތުގެ ދުމުން ކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަ ދޭ ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެތަންތަނަށް ވަންނަ ސިނގިރޭޓް ނުބޯ މީހުން، ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ހުށަހެޅޭ ކަމަށެވެ.

އޮންލައިންކޮށް އޭނާ ހުޅުވާލެއްވި މި ޕެޓިޝަނުގައި މިހާތަނަށް 1،135 މީހަކު ވަނީ ސޮއިކޮށްފަ އެވެ.

މިއަދު އޮންލައިން