މަޝްހޫރު ބެގްރީސް ބްރޭންޑްގެ އުފެެއްފުންތައް އެސްޓީއޯ ސުޕަމާޓުން ތައާރަފްކޮއްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
މަޝްހޫރު ބެގްރީސް ބްރޭންޑްގެ އުފެެއްފުންތައް އެސްޓީއޯ ސުޕަމާޓުން ތައާރަފްކޮއްފި
އިންޑިއާގައި ސީރިއަލް އުފެއްދުމުގެ މަސައްކަތުގައި50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އޭޝިޔާގައި މަޝްހޫރުކަން ހޯދަމުން އަންނަ ސިއްހަތަށް ފައިދާހުރި ސީރިއަލް ބްރޭންޑެއް ކަމަށްވާ ބެގްރީސް ބްރޭންޑްގެ އުފެެއްފުންތައް އެސްޓީއޯ ސުޕަމާރޓްއިން ހާއްސަ އަގުތަކެއްގައި ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮއްފިއެވެ.



ބެގްރީސްގެ އުފެއްދުންތަކަކީ ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ ސީރިއަލް ބްރޭންޑްތަކާއި ހިލާފަށް އެއްވެސް އާޓިފިޝަލް މާއްދާތަކެއް ނުހިމަނާ ހަމައެކަނި ގުދުރަތީ ތަކެއްޗާއި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން އެތެރެކުރެވޭ ރޯމެޓީރިއަލްސް ހިމަނައިގެން އުފައްދާފައިވާ ކޮލެޓީ ރަނގަޅު ބްރޭންޑެކެވެ. އަދި ބެގްރީސްގެ ހުރިހާ އުފެއްދުންތަކަކީވެސް ހަށިގަނޑަށް ބޭނުންވާ ފައިބާރގެ މާއްދާތަކުން މުއްސަނދި ކުރެވިފައިވާ އުފެއްދުންތަކެކެވެ.



އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި ބެގްރީސް ބްރޭންޑްގެ 25އުފެއްދުމެއްވަނީ ބާޒާރަށް ނެރެފައެވެ. މީގެތެރޭގައި ކޯންފްލެކްސްގެ 6 ވައްތަރަކާއި،ކުޑަކުދިންނަށް ހާއްސަ ޗޮކޯސްގެ 2ވައްތަރަކާއި، އޯޓްސްގެ 8 ވައްތަރަކާއި، މިއުސްލީގެ 7 ވައްތަރެއްގެ އިތުރުން ޗިޔާސީޑްސް އާއި ކުއިނޯވެސް ހިމެނެއެވެ.

ބެގްރީސް ބްރޭންޑްގެ ހުރިހާ ބާވަތްތަކަކީވެސް މިވަގުތު ރާއްޖޭގެ ބާޒާރުން ލިބެންހުރި އެންމެ އަގުހެޔޮ އަދި އެންމެ ކޮލެޓީ ރަންގަޅު އެއްބްރޭންޑްކަންވެސް އެސްޓީއޯއިން ފާހަގަކުރެއެވެ. ބެގްރީސް ބްރޭންޑްގެ ވައްތަރުތައް މިހާރުވެސް ހޯލްސޭލްކޮށް އެސްޓީއޯ ސުޕަމާރޓް ހޯލްސޭލްސެންޓަރުން ލިބޭނެ ކަމަށާއި އަދި ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާރޓްގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުންނާއި މާލެއާއި އަތޮޅުތެރޭގައި ހުންނަ އާންމު ގިނަފިހާރަތަކުން ލިބެން ހުންނާނެ ކަމަށްވެސްް އެސްޓީއޯއިން މައުލޫމާތުދެއެވެ.

މިއަދު އޮންލައިން