އޭޑީކޭ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ފުޅާކޮށްފި

ކިޔުމަށް ހޭދަވާނީ 37ސ
އޭޑީކޭ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ފުޅާކޮށްފި
މާލޭގައި އަމިއްލަ ގޮތުން އުފެއްދި އެންމެ ފުރަތަމަ ހޮސްޕިޓަލު ކަމުގައިވާ އޭޑީކޭ ހޮސްޕިޓަލުުގެ އޯޕީޑީ ޚިދުމަތް ފުޅާކޮށް، މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.

ކުރިން "ފުޑް ކޯނަރ" ހުންނަ ތަނުގައި، އޯޕީޑީ ޚިދުމަތް ދިނުމަށް ނުވަ ކޮޓަރިއެއް ހުންނާނެ ކަމަށް އެހސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޑީކޭ ގައި އުޅާކުރި އޯޕީޑީގައި ސްޕެޝަލިސްޓުންގެ ޚިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 22:00 އަށް ދޭނެއެވެ. އަދި ޖެނެރަލް އޯޕީޑީތަކުގެ ޚިދުމަތް 24 ގަޑިއިރު ދޭނެއެވެ.

އެހޮސްޕިޓަލުން ބުނެފައިވަނީ އޭޑީކޭގެ އޯޕީޑީގެ ކޮޓަރިތަކަކީ ބަލިމީހުންނަށް ފަސޭހަކަމާއެކު ތިބެވޭނެ ތަނެކެވެ. އަދި އެތަނުގައި މައިންނަށް ޚާއްސަ ކޮޓަރިއަކާއި ފާޚާނާއަކާއި އިތުރު ވަސީލަތްތައް ވެސް ގާއިމް ކޮށްފައިވެއެވެ.

މިއަދު އޮންލައިން