ދުޅަހެޔޮ ރަނގަޅު ސިއްޙަތެއް ލިބުނީ ފިރިހެނުންނާ ދުރުގަ ހުރީމާ‍ ‍ - ޖެސީ ގެލަން

ކިޔުމަށް ހޭދަވާނީ 1މ 15ސ
ދުޅަހެޔޮ ރަނގަޅު ސިއްޙަތެއް ލިބުނީ ފިރިހެނުންނާ ދުރުގަ ހުރީމާ‍ ‍ - ޖެސީ ގެލަން
ސްކޮޓްލޭންޑްގެ އުމުރުން އެންމެ ދުވަސްވީ އަންހެން މީހާ ކަމުގެ މަގާމު ލިބިފައިވާ އުމުރުން 109 އަހަރުގެ ޖެސީ ގަލަން ބުނިގޮތުގައި، އޭނާގެ ދިގު އުމުރުގައި އޭނާ އެވަރަށް ބަލިވެފައެއް ނުވެއެވެ. އަދި ދުޅަ ހެޔޮ ރަނގަޅު ސިއްޙަތެއްގައި އޭނާއަށް ހުރެވުނީ ފިރިހެނުންނާއި ދުރުގައި ހުރީމަ ކަމަށް ވެސް ޖެސީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ކޮންމެ ދުވަހަކު ހެނދުނު އޭނާ ބޮނީ ޕޮރިޖް އެވެ. އޭގެ އިތުރުން ދެން އޭނާ ކުރާ ކަމަކީ ފިރިހެނުންނާއި ދުރުގައި ހުރުމެވެ. އެމީހުންގެ ކަންކަމާއި ވިސްނާ ފިކުރުކޮށް ވެސް ނުހެދުމެވެ.

"ފިރިހެނުންނަކީ ގިނަ ފަހަރަށް ހުސް ބޮލުގަ ރިހުން ދޭ ބައެއް" ޖެސީ ބުނެފައިވެއެވެ.

ޖެސީ ބުނި ގޮތުގައި ފިރިހެނަކު ބުނާ އެއްޗަކާ މާބޮޑަށް ވިސްނާ ފިކުރުކޮށް އެމީހުން އަބަދު ހިތްހަމަ ޖައްސާފައި ބެހެއްޓަން މަސައްކަތް ކުރުމަކީ ތިމާއަށް ލިބޭ ދެރައެކެވެ. އެހެންކަމުން ފިރިހެނުންގެ ކަންކަން ބަލަހައްޓާ ވަރަށް ނުވަތަ އެއަށްވުރެ ގިނައިން، ތިމާ އަމިއްލަ ނަފްސަށް ބަލަން ޖެހެއެވެ.

ޖެސީ އޭނާގެ މުޅި ހަޔާތް ވޭތު ކޮށްފައިވަނީ މިނިވަނެއްގެ ގޮތުގައެވެ. އުމުރުން 13 އަހަރުން ފެށިގެން އާމްދަނީ ހޯދަން އަމިއްލައަށް މަސައްކަތް ކުރި ޖެސީ، ދުވަހަކު ވެސް ކައިވެންޏެއް ނުކުރެއެވެ.

(މިލިޔުމުގައި މިވަނީ ފިރިހެނުންނާއި ދޭތެރޭ ހަމައެކަނި އޭނާ ދެކޭ ގޮތެވެ. މިއީ "މިއަދުނޫހުގެ" ފަރާތުން ކިޔުންތެރިންނަށް ދޭ އަމިއްލަ ޒާތީ މެސެޖެއް ނޫނެވެ. އަދި މިއަދުނޫހުގެ ޚިޔާލެއް ވެސް ނޫނެވެ!)
މިއަދު އޮންލައިން