އެމްއެމް ޕީއާރުސީއަށް ބަލައިގެންފައިވާ ރައްޔިތުންނަށް ލިބެންޖެހޭ 4.5 ބިލިއަން ރުފިޔާ ވަގަށް ނެގި "ނިޒާމާ ނިޒާމު އެފައިސާ ދިން" މީހުން ހައްޔަރުކުރަން ރެޑް ނޯޓިސް ނެރެ އިންޓަރޕޯލްގެ އެހީ ހޯދަން ޖެހޭ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
އެމްޕީއާރުސީގެ ހިސާބުތައް ދައްކާ ގޮތުން ވަގަށް ނަގާފައިވަނީ ނުވަތަ ޚިޔާނާތްތެރިވެފައިވަނީ ،1.3 1.2 ބިލިއަން ރުފިޔާ ނަމަވެސް މާލީ ދިރާސާތައް ކުރައްވާ ބޭފުޅުން ތުހުމަތު ކުރައްވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަތައް ރަނގަޅަށް ބަލައިފިނަމަ 4.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
"ރާއްޖެ އިސްލާމް ވީންސުރެ ނިޒާމަކީ ރާއްޖޭގެ ގިނަ ބައަކަށް ކިޔާ ވަރަށް ޢާންމު ނަމެއް. ވަރަށް މަޝްހޫރު ނިޒާމްތައްވެސް އުޅެފި. އަދި މިހާރުވެސް އެބައުޅޭ. މިހާރުވެސް ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ޗެކުތަކުގައި ސޮއިކުރާ އެކަކީ ވެސް ހަމަ ނިޒާމެއް. ރާއްޖޭގަ ރިޒޯޓްތައް ތަރައްޤީކުރަން ސަރުކާރުން ކުއްޔަށް ދޭން ފެށީ މިއަދަކު ނޫން. 1972 ވަނަ އަހަރު ޓޫރިޒަމްގެ މަސައްކަތް ރާއްޖޭގަ ފެށީންސުރެ ރަށްތައް މިއަންނަނީ ކުއްޔަށް ދެމުން. ދައުލަތަށް ފައިސާ ބަލައިގަންނަމުން. އެފައިސާކޮޅު އެއްވެސް މީހަކު ވަގަށް ނަގައިގެން އުޅެންޖެހިފައެއް ނެތް. ދެން މިވީ ގޮތަކީ 2012 ވަނަ އަހަރު ސަރުކާރަށް ގެނެވުނު ބަދަލަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީ ހިންގަން އަދީބު ކިޔާ މީހަކާ ހަވާލުކުރެވުނީ. އެހިސާބުން ކޮންެވެސް ނިޒާމަކަށް ބާރުތަކެއް ލިބި ވައްކަން ކުރަން ފެށީ. 2013 ވަނަ އަހަރު ވެރިކަން ބަދަލުވީމާ ނިޒާމަށް މާގިނަ އަދި މާބޮޑެތި ބާރުތަކެއް ލިބުނީ. އެހެންވެ އެ ނިޒާމަށް ކުރު މުއްދަތެއްގެ ތެރޭގަ އެހައި ގިނަ ފައިސާތައް ވަގަށް ނަގަން ފުރުޞަތު ލިބުނީ." ކަމަށް ބައެއް ބުނެއެވެ.
މިމޭރުމުން ބުނާ މީހުން ބުނަނީ ނިޒާމު ވަގަށް ނެގި ފައިސާތައް ކޮންމެ ގޮތަކުން ނަމަވެސް އަނބުރައި ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށެވެ. ނިޒާމާއި ނިޒާމު ބައި އެޅި މީހުން ހިފައި ހައްޔަރުކުރެވެން ޖެހޭނެ ކަމަށެވެ. އެކަމަށް އިންޓަރޕޯލްގެ އެހީތެރިކަން ބޭނުންވާނަމަ ރެޑް ނޯޓިސް ނެރެ އިންޓަރޕޯލުގެ އެހީތެރިކަން ހޯދައިގެން ނަމަވެސް އެކަން ކުރަންޖެހޭނެ ކަމަށެވެ.