"އަހަރެން ބަރު އެއްޗެއް ނުއުފުލަން، އަހަރެން އުފުލަނީ އަހަރެންގެ ފިރިމީހާ"

ކިޔުމަށް ހޭދަވާނީ 1މ 8ސ
"އަހަރެން ބަރު އެއްޗެއް ނުއުފުލަން، އަހަރެން އުފުލަނީ އަހަރެންގެ ފިރިމީހާ"
މިސްރަށް އުފަން އުމުރުން 32 އަހަރުގެ ހެބާ ރަގަބް، ބުރަކަށި މައްޗަށް އޭނާގެ ފިރިމީހާ ލައިގެން ހިނގާތާ މިހާރު ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ހެބާގެ ފިރިމީހާ ޚާލިދް އަލް ބަދަވީގެ ކިޑްނީ ފެއިލް ވެފައި ހުރުމުގެ އިތުރުން އޭނާ ކޮންމެ ދެދުވަހުން އެއްދުވަހު ޑައިލިސިސް ހަދަން ޖެހެއެވެ. އަދި ޚާލިދު އަށް ހެޕަޓައިޓަސް ބީ އާއި ސީ ވެސް ޖެހިފައި ހުރުމުގެ ސަބަބުން، އޭނާއަށް ހިނގާބިނގާވެ ނުއުޅެވެއެވެ.

އެހެންކަމުން، އޭނާގެ ފިިރިމީހާ ދާން ބޭނުން ހުރިހާ ތަނަކަށް ހެބާ އޭނާގެ ބުރައްކަށްޓަށް ލައިގެން ގެންދެއެވެ.

"އަހަރެން އެއްވެސް ވަރަކަށް ލަދެއް ނުގުަނޭ ފިރިމީހާ ބުރަކަށްޓަށް ލައިގެން އޭނާ ބޭނުން ތަނަކަށް ގެންގޮސް ދޭކަށް. އަހަރެން ބަލި ވެއްޖެނަމަ، އޭނާވެސް ހަމަ އެފަދައިން އަހަރެން އުފުލާނެކަން ޔަގީން. އަހަރެންގެ މައިބަދައިގަ މިހާރު ވަރަށް ބޮޑަށް ރިއްސާ. ޑޮކްޓަރުން ބުނީ ބަރު އެއްޗެހި ނުއުފުލުމަށް. އަހަރެން ބުނިން އަހަރެން ބަރު އެއްޗެއް ނުއުފުލަމޭ. އަހަރެން އުފުލަނީ އަހަރެންގެ ފިރިމީހާ އޭ" ރޮއިޓާސް އަށް މައުލޫމާތު ދެމުން ހެބާ ބުންޏެވެ.

ތަނަކަށް ދާން ބޭނުންވުމުން ޓެކްސީ އެއްގައި ނުދެވެނީ، އެވަރުގެ ތަނަވަސްކަމެއް މިހާރު ނެތުމުން ކަމަށް ހެބާ ބުނެފައިވެއެވެ.

"އަހަރެން ދެރަވޭ އޭނާ އަހަންނާއިހެދި އޭނާ އެފަދަ ހާލެއްގައި އުޅޭތީ. ހިތައް އަރާ މިފަދައިން ކަންތައް ނުވިނަމައޭ" ހެބާގެ ފިރިމީހާ ޚާލިދު ބުނެފައިވެއެވެ.



މިއަދު އޮންލައިން