އެސްޓީއޯ އިން ބުނީ މިޕްރޮމޯޝަން ކުރިއަށްދާނީ 27 ސެޕްޓެމްބަރ އިން 31 އޮކްޓޫބަރ 2018 ގެ ނިއަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައި ކަމަށެވެ. އަދި މިޕްރޮމޯޝަންގައި ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިން ވަރަށް ހެޔޮ އަގުތަކެއްގައި ލިބެންހުންނާނެ ކަމަށެވެ. އަދި މިދޮންނަ މެޝިންތައް ބައްލަވައިގަތުމުން މާލެ އަދި ހުޅުމާލެއަށް މުޅިން ހިލޭ ގެންގޮސްދެވޭނެކަމަށްވެސް ބުނެފައިވެއެވެ.
މިޕްރޮމޯޝަންގައި ވިއްކާ އޮޓަމެޓިކް ދޮންނަ މެޝިނަކީ ފެނުގެ ަރަދުކުޑަ، ކަރަންޓު ހަރަދު ކުޑަކޮށްދޭ އަދި މަދު އަންނައުނުކޮޅެއް ދޮވެލަންވެސް އެހާމެ ހަރަދުކުޑަ ކޮށްދޭ ދޮންނަ މެޝިނެއް ކަމަށްއެސްޓީއޯއިން މަޢުލޫމާތުދެއެވެ.
މީގެއިތުރުން ބާރުސްޕީޑްގައި އަންނައުނު ހިއްކާލަދޭ އަދި ބެކްޓީރިއާތައް ނައްތާލަދޭޕ ުލާސްޓިކް ޓަބް ލެވިފައިވާ މެނުއަލް ދޮންނަމެޝިންވެސް މިޕްރޮމޯޝަންގައި ލިބެހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯއަކީ ހިޓާޗީ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަދި އާފްޓަރސޭލްސް ސާރވިސް ޕްރޮވައިޑަރ އެވެ. އަދި ހިޓާޗީ ބްރޭންޑްގެ ދޮންނަމެޝިނަށް އެއް އަހަރު ދުވަހުގެ ވޮރޮންޓީ އެސްޓީއޯއިން ދެއެވެ.