އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އިން "ކަލަރ ޔޯވާލްޑް" ގެ ނަމުގައި ނިޕޯންޕެއިންޓްގެ ޕްރޮމޯޝަނެއް ފަށައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އިން "ކަލަރ ޔޯވާލްޑް" ގެ ނަމުގައި ނިޕޯންޕެއިންޓްގެ ޕްރޮމޯޝަނެއް ފަށައިފި!
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ގައި "ކަލަރޔޯވާލްޑް" ގެނަމުގައި ނިޕޯން ޕެއިންޓްގެ ވަރަށް ޚާއްސަޕްރޮމޯޝަނެއް ފަށައިފިއެވެ.

މިޕްރޮމޯޝަން ކުރިއަށްދާނީ 01 އޮކްޓޯބަރ 2018 އިން 31 އޮކްޓޫބަރ 2018 ގެ ނިއަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައެވެ. މި ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓްގެ ކުލަތައް ވަރަށް ހާއްސަ އަގުތަކެއްގައި ލިބެންހުންނާނެއެވެ. މިގޮތުން އާއިހަމައަށް ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.



މި ޕްރޮމޯޝަންގައި ނިޕޯންޕެއިންޓްއިން -/1000 އަށްވުރެ މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ހިލޭ ބައެއް އެސެސަރީސް ލިބިވަޑައިގަންނަވާނެއެވެ. މިގޮތުން ހިލޭ ލިބޭތަކެތީގެ ތެރޭގައި ނިޕޯން ރޯލަރހެޑްލް، ރޯލަރރީފިލް، ޕެއިންޓްސް ކެރެޕަރ، ޕެއިންޓްޓްރޭ، ޕެއިންޓް ބްރަޝް އަދި މާސްކިންގޓޭޕް ހިމެނެއެވެ. އަދި ނިޕޯންޕެއިންޓް އިން ކުރައްވާކޮންމެ -/5000 އަށްވުރެ މަތީގެ ވިޔަފާރިއަކަށް ވަރަށްޙާއްސަ ހަދިޔާއެއް ލިބިވަޑައި ގަންނަވާނެއެވެ.



އަދިކުރައްވާ ކޮންމެ -/1000 ގެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބިވަޑައިގެން، މިޕްރޮމޯޝަން ނިމުމުން ގުރުއަތުން ތިން ނަސީބުވެރިއެށް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަށް ވަރަށް އަގުހުރި އިނާމުތަކެއް ލިބިވަޑައިގަންނަވާނެއެވެ. މިގޮތުން އެއްވަނަ އަށް ހޮވޭ ނަސީބުވެރިއަކަށް -/35000 ގެ އަގުހުރި އިލެކްޓްރޯނިކްސް މުދާ ލިބިވަޑައިގަންނަވާނެއެވެ. ދެވަނައަށްހޮވޭފަރާތަކަށް -/25000 ގެ އަގުހުރި ހޯމްއެޕްލައަންސަސް ލިބިވަޑައި ގަންނަވާނެއެވެ. އަދި ތިންވަނަ ނަސީބުވެރިއަކަށް ގިލިލަންކަންފުށި ރިސޯޓް ދަތުރެއް ދެދުވަހަށް ދެފަރާތަކަށް ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ އަކީ ރާއްޖޭގައި ނިޕޯން ޕެއިންޓްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.


މިއަދު އޮންލައިން