ޢަބުރުގެ ޤާނޫނާ އެންޓި-ޑިފެކްޝަންގެ ޤާނޫނު އުވާލަން މާދަމާ ހުށަހަޅާނެ: ކޯލިޝަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ޢަބުރުގެ ޤާނޫނާ އެންޓި-ޑިފެކްޝަންގެ ޤާނޫނު އުވާލަން މާދަމާ ހުށަހަޅާނެ: ކޯލިޝަން
ރައީސް ޔާމީނުގެ ސަރުކާރުން ހުށަހަޅައި ފާސްކުރި ޢަބުރުގެ ޤާނޫނާއި ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭ އެންޓި-ޑިފެކްޝަންގެ ޤާނޫނު އުވާލަން މާދަމާ ހުށަހަޅާނެ ކަމަށް ގުޅިފައިވާ ކޯލިޝަނުން ބުނެފިއެވެ.

ކޯލިޝަނުގެ ޕީޖީ ގްރޫޕުން ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ މި 2 ބިލު އުވާލަން ކޯލިޝަނުން މާދަމާ މަޖިލީހަށް ހުށަހަޅާނެ ކަމަށާއި ބޭނުންފުޅުވަނީ މަޖިލީހުގެ މަސްކަތްތައް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެންނަވައި މާދަމާ ވެސް މަޖިލީހުގެ މަސައްކަތްތައް ފަށްޓަވަން ކަމަށެވެ.

މީގެ އިތުރުން ވެސް ބަދަލު ގެނެސް އިޞްލާޙުކުރަންޖެހޭ ގިނަ ބިލްތަކެއް އެބަހުރިކަން ފާހަގަ ކުރައްވައި ރިޔާޟް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް މިހާރުން މިހާރަށް ފަށައި ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
މިއަދު އޮންލައިން